ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ބޭރުން އެހީ ހޯދަނީ މިނިވަންކަމުގެ ރޮނގު ހުރަސްނުވާނެ ގޮތަށް: ޑރ. އަބްދުﷲ ޚަލީލް

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ގުޅުން ބަދަހިކޮށް، އެހީތެރިކަން ހޯދަމުންދަނީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ހިފަހައްޓާ ގޮތުގެ މަތިން ކަމަށެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޑރ. ޚަލީލް ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަސާސީ ސިޔާސަތަކީ “އެންމެ ފުރަތަމަ ދިވެހި ޤައުމު، ދިވެހި ރައްޔިތުން” ކަމަށެވެ. އަދި ޤައުމުގެ މަޞްލަޙަތު ބޭރު ދުނިޔޭގައި ރައްކާތެރިކުރެވޭނެ ކޮންމެ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރައްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ ކޮންމެ ޤައުމަކާ މުޢާމަލާތްކުރުމުގައި އަދި އެހީތެރިކަން ހޯދުމުގައި ވެސް، މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް ކަމަށް ޑރ. ޚަލީލް ހާމަކުރެއްވިއެވެ.

“ދުނިޔޭގެ ކޮންމެ ޤައުމަކާ މުޢާމަލާތްކުރުމުގައި، އެ ޤައުމުތަކުން އެހީތެރިކަން ހޯދުމުގައި، އަދި އެ ޤައުމުތަކާއެކު ގުޅުން ޤާއިމުކުރުމުގައި، އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށެވެ. މިއީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބައްލަވައިގެން ރައީސުލްޖުމްހޫރިއްޔާ ކުރިއަށް ގެންދަވަނީ. އެހެންކަމުން، އެމަނިކުފާނުގެ މައިގަނޑު ސިޔާސަތުތައް ދެމެހެއްޓުމުގައި ދިވެހިރާއްޖޭގެ ޚާރިޖިއްޔާއިން އެންމެ މުހިންމު ދައުރެއް އަދާކުރަމުން ގެންދަނީ.” ޑރ. ޚަލީލް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކާއެކު ވަރަށް ބަދަހި ގުޅުންތަކެއް ޤާއިމުކުރަމުންދާކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ އޭގެ ތެރޭގައި ޗައިނާ، އިންޑިއާ ފަދަ “އިސްތިރާތީޖީ” ޤައުމުތައް ވެސް ހިމެނޭ ކަމަށެވެ. އެފަދަ ބޮޑެތި ޤައުމުތަކާއި ޔޫރަޕިއަން ޔޫނިއަން ފަދަ ޖަމްޢިއްޔާތަކާއެކު ގުޅުން ބަދަހިކުރަމުންދަނީ، މިނިވަންކަމުގެ ރޮނގު ހުރަސްނުވާނެ ގޮތަށް ކަމަށް މިނިސްޓަރު އިތުރަށް ހާމަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

އަބޫދާބީ ސަސްޓެއިނަބަލިޓީ ވީކުގައި ބައިވެރިވެވަޑައިގެންނެވުމަށް ޑރ. ޚަލީލް ޔޫއޭއީއަށް ވަޑައިގެންފި

Mm

އިންސާފާއި ހަމަޖެހުމަށް މަސައްކަތް ކުރުމުގައި ރާއްޖެއިން އަބަދުވެސް އޮންނާނީ ތައްޔާރަށް: މިނިސްޓަރު ޚަލީލް

dr khaleel

ހާރިޖީ ވަޒީރު ޑރ. ޚަލީލް ގަތަރަަށް ފުރާވަޑައިގަންނަވައިފި

dr khaleel

ރާއްޖޭގެ ޚާރިޖީ ސިޔާސަތު މުޅި ދުނިޔެ ބަލައިގަންނާނެ: ޙަލީލް

TTH_advertisement