ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޕޭން ބަލިކޮށް ޕޯޗުގަލް ތަށި ހޯދައިފި

ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް ޕޯޗުގަލް އިން ހޯދައިފި އެވެ.

ޖަރުމަނުގެ މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމަށްފަހު މެޗުގެ ނަތީޖާއަށް ބަދަލެއް އައިސްފައިނުވާތީ ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް އިން ކުރި ހޯދާފައިވަނީ 5-3 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 21 ވަނަ މިނިޓުގައި ސްޕެއިންގެ މާޓިން ޒުބިމެންޑީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ޕޯޗުގަލްގެ ޕެޑްރޯ ނެޓޯ ދިން ޕާހަކުން ނޫނޯ މެންޑޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ސްޕެއިންގެ މިކޭލް އޮޔަރްޒަބާލް ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އޮޔަރްޒަބާލް އަކީ ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިން އަށް ކާމިޔާބުކޮށްދިން ލަނޑުވެސް ޖަހައިދިން ކުޅުންތެރިޔާ އެވެ.

ޕޯޗުގަލް އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގައި ޕޯޗުގަލް އިން ޖެހި ފަސް ޕެނަލްޓީވެސް އެ ޓީމުން ކާމިޔާބުކޮށްފައިވާއިރު ސްޕެއިން އިން ޖެހި ހަތަރުވަނަ ޕެނަލްޓީ އަލްވާރޯ މޮރާޓާ ފޮނުވާލިއިރު ޕޯޗުގަލްގެ ކީޕަރު ޑިއޮގޯ ކޮސްޓާ ވަނީ އެ ޕެނަލްޓީ މަތަކޮށްފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އިން ތަށި ދިފާއުކުރަން ނިކުތް މި މެޗުން ޕޯޗުގަލް މޮޅުވެ މުބާރާތް ކާމިޔާބު ކުރުމާއިއެކު އެ ގައުމުން ވަނީ ނޭޝަންސް ލީގުގެ ހަތަރު މުބާރާތުގެ ތެރެއިން ދެ ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 23 at 10.30.45

ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެ: ރައީސް

މެޑަމް ސާޖިދާ ތިނަދޫ ސިޓީއަށް ވަޑައިގެންފި

taxi

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655

Supreme Court

ރެފެރެންޑަމް ވޯޓުގެ ސުވާލު ގާނޫނާ ހިލާފުކަމަށް ހުށަހެޅި މައްސަލަ ބަލައިގެންފި