ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް: ރައީސް

އަރމޭނިއަން ޔޫތު އޯޕަންގެ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ އަހުމަދު މަޚްލޫފް ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އަރމޭނިއާގެ ޔެރެވާންގައި ކުރިއަށްދިޔަ މުބާރާތުގައި ލައިބާ ވަނީ ތިން ރަން މެޑަލް ޙާޞިލްކޮށްފަ އެވެ. އޭނާގެ ކާމިޔާބީ އަށް ރައީސް ވަނީ ސާބަހާއި މަރްޙަބާ ދަންނަވައިފައެވެ.

ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ ޖޫނިއަރ އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށެވެ.

“އަޅުގަނޑު އެދެނީ ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް. އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް،” ރައީސް ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި ހުރި 13 އަހަރުން ދަށުގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ކަމަށްވާ، ލައިބާ ވަނީ މިދިޔަ އަހަރު ބޭއްވި އަރްމީނިއަން ޔޫތު އޯޕަންގައި ވެސް އެއް ރިހި މެޑެލް އާއި ލޯ މެޑެއްޔެއް ހޯދާފައެވެ. މީގެއިތުރުން، މިދިޔަ އޭޕްރީލް މަހު ބޭއްވި އިޓަލީ މުބާރާތުން ވެސް ވަނީ ދެ ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.

ލައިބާ އަކީ ސަރުކާރުގެ “އަރުތަ” ޕްރޮގްރާމްގައި ހިމެނޭ އެތުލީޓެކެވެ. “އަރުތަ” ޕްރޮގްރާމަކީ، ދިވެހި ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމާއި ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހި ކުޅުންތެރިން ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް