ކުއްލި ޚަބަރު

ދުބާއީ އާއި ސިންގަޕޫރަށްވުމަށް މުރާލިކަމާއެކު މަސައްކަތް ކުރަންޖެހޭ: ނާޒިމް

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ސަރުކާރުގެ ޓެކްސީ ލައިންގެ ކާރުތައް އުފައްދަން އަންގާރަ ދުވަހު ފަށާނެ: އަމީން

Au

ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާ އީވީ ޓެކްސީތައް އުފެއްދުމުގެ މަސައްކަތް މިމަހު 10 ގައި ފަށާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ފެށުމަށްޓަކައި ޓެކްސީތައް އުފެއްދުމުގެ މަސައްކަތް މިމަހު 10 ގައި ފަށާނެ ކަމަށެވެ. ހަމައެއާއެކު ވަޒީރު ވިދާޅުވީ، ސަރުކާރުގެ ޓެކްސީ ލައިނަށް ގެންނަ ޓެކްސީތަކަކީ، ފިހާރައަކަށް ވަދެ ގަންނަން ލިބޭ އެއްޗެއް ނޫންކަމަށެވެ.

“އަޅުގަނޑުމެން ބޭނުންވާ ސައިޒުގެ ޓެކްސީ، އަޅުގަނޑުމެން ބޭނުންވާ ލިވަރީގައި، އަޅުގަނޑުމެން ބޭނުންވާ އިކުއިޕްމެންޓްސް ހަރުކޮށްގެން، ރާއްޖެއިން ބޭރުން ތައްޔާރުކޮށްގެން ގެންނަނީ.” ވަޒީރު ވިދާޅުވިއެވެ.

އޭގެއިތުރުން ވަޒީރު ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތް އޮގަސްޓު ފަހުކޮޅު ފެށޭނެ ކަމަށާއި، ސަރުކާރުން ޓެކްސީ ލައިނެއް ތަޢާރަފްކުރި ނަމަވެސް އަމިއްލަ ޓެކްސީތައް ދުއްވާ ޑްރައިވަރުންނަށް ގެއްލުމެއް ނުވާނެ ކަމަށެވެ. އަދި މިހާރު ޓެކްސީގެ ހިދުމަތްދޭ ޑްރައިވަރުންނަށް ވެސް ސަރުކާރުގެ ޓެކްސީ ލައިނުގައި ބައިވެރިވެ، ހިދުމަތް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ޓެކްސީ ލައިން ފެށުމަށް ތައްޔާރުވުމުގެ ގޮތުން މި ޚިދުމަތަށް ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ޕާކުކުރާނެ ބިމެއް ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި މިހާރު ހިއްކާފައިވާ ސަރަހައްދުން ވަނީ ކަނޑައަޅާފައެވެ.

ސަރުކާރުން ޓެކްސީ ވިޔަފާރިއަށް ވަންނާތީ އެ ހިދުމަތް ދެމުން އަންނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މީގެކުރިން ވިދާޅުވެފައިވަނީ ޓެކްސީގެ ހިދުމަތަށް 1500 އެއްހާ ކާރު ރަޖިސްޓަރ ކޮށްފައި އޮންނައިރުވެސް އާންމުންނަށް ގިނަ ތަކުލީފުތަކެއް ދިމާވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ނިންމައި، ޓެކްސީ ލައިން ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގަ ބޭނުންކުރާނީ 100 އިންސައްތަ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ދިނުމަށް ދާއިމީ ވަޒީފާގައި ޑްރައިވަރުން ނަގާއިރު ޕާޓް ޓައިމްކޮށް ދުއްވަންވެސް ޑްރައިވަރުން ނަގާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dd

ގާނޫނާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދޭން މަޖިލިސް މެންބަރުން އެދޭ، އެކަމެއް ނުވާނެ: އަމީން

Dd

އަންނަ އަހަރުގެ ތެރޭ ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފަށަނީ

ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން އަލުން ހުޅުވާލަނީ

11

އޭވިއޭޝަން ދާއިރާ ހަރުދަނާކުރަން ރާއްޖެ އާއި އިންޑިއާ އިން މަޝްވަރާކޮށްފި

TTH_advertisement