ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ މެރިކަލްޗަ ދާއިރާ އަށް އިންވެސްޓްކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަނީ

ށހި

ރާއްޖޭގެ މެރިކަލްޗަ ދާއިރާ އަށް އިންވެސްޓްކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާމް ވިދާޅުވީ ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަ ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެ ދާއިރާ އިން އިންވެސްޓްކުރާނެ މާހައުލެއް އުފައްދަން ބޭނުންވާ ކަމަށެވެ. އެގޮތުން މެރިކަލްޗާ އަށް މިހާރު ފަސް ޒޯނެއް ކަނޑައަޅާފައިވާ އިރު، އެ ދާއިރާ އިން މީހުން ތަމްރީނު ކުރަމުން އަންނަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ ހާއްސަ ޒޯންތަކަކީ، ހއ. އަތޮޅު، ރ. އަތޮޅު، ކ. އަތޮޅު، މ. އަތޮޅު އަދި ތ. އަތޮޅެވެ.

ޝިޔާމު ވިދާޅުވީ މެރިކަލްޗާ އަށް އިންވެސްޓް ކުރަން މިހާރު ލުއިތަކެއް ވެސް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިކުއިޒިޝަން ކޮސްޓް ނުނެގުމާއި ތިން އަހަރުގެ ލޭންޑް ރެންޓް ނުނެގުން ހިމެނެ އެވެ.

“އެހެންވީމަ މިހާރު އަޅުގަނޑުމެން ތައްޔާރުވަމުން މި ދަނީ ހުޅުވާލުމުގެ މަސައްކަތްތައް. ބިޑް ޑޮކިއުމަންޓް ތައްޔާރުކުރެވިފައި މި ގަސްތުކުރަނީ މި އަންނަ މަހުގައި ހުޅުވާލެވި ތިން މަސް ދުވަސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޚާއްސަ މި ކުރަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ތިން މަސްދުވަސް ޚާއްސަކޮށްފައި ބަލާނަން ބޭރުގެ ރަނގަޅު އިންވެސްޓްމަންޓްތައް ރާއްޖެއަށް ލިބޭތޯ.” މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މިހާރު މެރިކަލްޗާ ސިނާޢަތް އޮތީ ވަރަށް ޅަފަތުގައި ކަމަށް ވިޔަސް ނަމަވެސް ސަރުކާރުގެ އަމާޒަކީ އެ ސިނާޢަތް ފުޅާކޮށް ސީފުޑްގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރާ މިންވަރު މަދުކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ހުޅުމާލޭގައި ބޮޑު ކަންނެލި ޕްރޮސެސްކުރާ ކާރުޚާނާ އަޅައި މި އަހަރު ޚިދުމަތް ދޭން ފަށަނީ

shiyam minister

މެނިފެންސްޓޯ ތަންފީޒްކުރުމަށް މުހިންމީ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް: ޝިޔާމް

66

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

990

މިނިސްޓަރު ޝިޔާމާ ބައްދަލުވުމުން ލިބުނީ ޕޮޒިިޓިވް ޖަވާބެއް، މަސްވެރިން ތިބީ އުފަލުން!