ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކުރާ 200އެއްހާ މީހުން ރިމާންޑް ސެންޓަރުތަކަށް ނަގައިފި

Lubbb

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުންނަށް ފަރުވާ ދިނުމަށް ބައިތިއްބާ ރިމާންޑު ސެންޓަރަށް މިހާރުވެސް 200 އެއްހާ މީހުން ނަގާފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބުނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ލުބުނާ ވިދާޅުވީ އޭގެތެރެއިން ގިނަ ބައެއްގެ ފަރުވާ މިހާރު ފެށިފައިވާ ކަމަށެވެ. އަދި ރިމާންޑަށް ގެނެވޭ ގިނަ މީހުން ވަނީ ޑްރަގް ކޯޓު މެދުވެރިކޮށް ރިހެބިލިޓޭޝަން ޓްރީޓްމަންޓް ޕްލޭންގެ ތެރެއަށް ވައްދާފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑްރަގް ރިމާންޑް ސެންޓަރުތަކުގެ ގޮތުގައި މިފަހުން އިތުރު 3 ތަނެއް ވަނީ ހަމަޖައްސައިފައެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން އިތުރު ރިމާންޑް ސެންޓަރުތައް ގާއިމުކޮށްފައިވަނީ ގދ. ތިނަދޫ ޏ. ފުވައްމުލަކުގެ އިތުރުން ސ. ހުޅުދޫ ގައެވެ.

މި 3 ރަށުގެ އިތުރުން މީގެ ކުރިން ވަނީ ކ. ހިންމަފުއްޓާއި ހުޅުމާލޭގައި ޑްރަގް ރިމާންޑް ސެންޓަރުތައް ގާއިމުކޮށްފައެވެ.

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން، އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ތަނުގައި ބައިތިއްބައިގެން، އެ މީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދެވެމުންދާނެ ގޮތަށް ޚާއްޞަކުރެވޭ މަރުކަޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހާފްވޭ ހައުސްގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަސްތުވެގެން ތިއްބާ ހައްޔަރު ކޮށްފި

178 މީހުންނާއިއެކު ރިމާންޑު ސެންޓަރުތަކުން ފަރުވާދޭން ފަށައިފި

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް 3 ރަށެއްގައި ރިމާންޑް ސެންޓަރު

8677

ރާއްޖޭގެ ޑްރަގް އެޑިކްޓުންނަށް އިންޑިއާ އިން ފަރުވާދެނީ

TTH_advertisement