ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ވައިޑް ބޮޑީ މަތިންދާ ބޯޓު ފޯރުކޮށްދިނުމަށް ގިނަ ޕްރޮޕޯސަލްތައް ލިބުނު: ސަލީމް

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފުޅާވަމުންދާ ޚިދުމަތްތަކާއި ގުޅިގެން، އިތުރު ވައިޑް ބޮޑީ މަތިންދާބޯޓެއް ހޯދުމަށް ކުރެވުނު އިޢުލާނަށް ގިނަ ޕްރޮޕޯސަލްތަކެއް ލިބިފައިވާކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ހާމަކުރައްވައިފިއެވެ.

މި މަޢުލޫމާތު އަލީ ސަލީމް ހިއްސާކުރެއްވީ، މޯލްޑިވިއަންގެ ފްލީޓަށް 5 ވަނަ އޭޓީއާރް އިތުރުކުރުމުގެ ރަސްމިއްޔާތު ނިމުމަކަށް ގެނައުމަށްފަހު، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ސަރުކާރުގެ އަމާޒަކީ މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާކޮށް، ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ޤައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އަލީ ސަލީމް އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ވަނީ ބައެއް މަތިންދާބޯޓުތަކުގެ ޕްރޮޕޯސަލްތައް ލިބިފައެވެ. މި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު، ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނެ ކަމަށާއި، ކުރިއަށް އޮތް އަހަރުގެ ފަހުކޮޅު ނުވަތަ އެއަށްވުރެވެސް ކުރިން އެއަރބަސް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަންއަށް ގެންނަ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓާއެކު، އެއަރލައިންގެ ދަތުރުތައް ޔޫރަޕްގެ އިތުރުން ޑިމާންޑް ހުރި އިތުރު މަންޒިލްތަކަށް ފެށިގެންދާނެ ކަމަށާއި، މި ބޯޓުގެ ދަތުރުތައް މި އަހަރުގެ އޮކްޓޯބަރު މަހު ފެށުމަކީ ކުންފުނީގެ އަމާޒެއްކަމަށްވެސް އަލީ ސަލީމް ހާމަކުރެއްވިއެވެ.

“އެފްރިކާ ކަމުގައި ވިޔަސް، ޔޫރަޕްގެ މަންޒިލްތަކަށް ކަމުގައި ވިޔަސް، އިރާދަކުރެއްވިއްޔާ މި އަންނަ ސީޒަނަށް އިތުރު މަންޒިލްތަކަށް ދިވެހި އެއަރލައިނުން ދިވެހި ދިދައާއެކު ދަތުރުކުރާނެ،” އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރުމަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނެވުނީ މި އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މިއީ އެއަރބަސް އޭ330-200 މޮޑެލްގެ މަތިންދާބޯޓެކެވެ.

މޯލްޑިވިއަންއަށް ގެނެވުނު 264 ފަސިންޖަރުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާބޯޓާއެކު، އެއަރލައިންގެ ސީދާ ދަތުރުތައް ވަނީ ޗައިނާގެ ތިން ސިޓީއަކަށް ފަށާފައެވެ. އެއީ ބެއިޖިންގ، ޝަންހާއީ އަދި ޗެންގްޑޫއެވެ.

ވައިޑް-ބޮޑީ މަތިންދާބޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިފައިވާކަމަށް ސަރުކާރުން ދެކެއެވެ. ޚާއްޞަކޮށް ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.

މި ތަރައްޤީތަކާއެކު، ޤައުމީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ބައިނަލްއަޤްވާމީ މަންޒިލްތަކަށް ދަތުރުކުރުމުގެ ފުރުޞަތު އިތުރުވެގެންދާނެކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެކަމަށް އުންމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

maldivian

މޯލްޑިވިއަނުން ށ.ފުނަދޫއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

Main 20251116 165502

ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލަންސް ޚިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މާފަރު އެއަރޕޯޓު ޓަރމިނަލް ބޮޑު ކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ޙަވާލުކޮށްފި

Maldivian

މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް އަލުން ފަށަނީ

TTH_advertisement