ކުއްލި ޚަބަރު

އެއާޕޯޓުގެ އެމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖު ބަންދުކުރަން ނިންމައިފި

ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލުކޮށްފި

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މިންގަނޑުތައް ހަރުދަނާކުރެއްވުމުގެ އަޒުމު އެބައޮތް : ރައީސް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މިންގަނޑުތައް މިހާރަށްވުރެ ހަރުދަނާކުރެއްވުމުގެ އަޒުމު އެބައޮތް ކަމަށާއި ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ސިއްހަތާއި އިގުތިސާދީ ވިލުންތެރިކަމުގެ ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ރައްޖޭގައި އަމަލުކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މިންގަނޑުތައް މިހާރަށްވުރެ ހަރުދަނާކުރެއްވުމުގެ އަޒުމު އެމަނިކުފާނުގެ އެބައޮތް ކަމަަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މި އަހަރަށް ކަނޑައަޅާފަައިވާ ޝިއާރު ” ފުޑް ސޭފްޓީ: ސައިންސް އިން އެކްޝަން”އަށް އަލިއަޅުވައިލައްވައި ރައީސް ވިދާޅުވީ ކާބޯތަކެތިން ޖެހޭ ބަލިތައް ދެނެގަނެ އެބަލިތަކުން ރައްކާތެރިވުމުގައި، އަދި އާއްމު ދުޅަހެޔޮކަން ކަށަވަރުކުރުމުގައާއި، އިގުތިސާދު ވިލުންތެރިކަންމަތީ ދެމެހެއްޓުމުގައި ސައިންސާއި ހެކީގެ މައްޗަށް ހެދޭ ދިރާސާތަކުގެ ދައުރު ބޮޑު ކަމަށެވެ.

އަދި އެމަނިކުފާނުވަނީ އާއްމުން ބޭނުންކުރާ ހުރިހާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، އެތަކެއްޗަކީ ހަށިގަނޑަށް ފައިދާހުރި އަދި އިތުބާރު ހިފޭ މިންގަނޑުތަކަށް ފެތޭ ގޮތަށް އުފައްދާފައިވާ ތަކެތިކަން ޔަގީންކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހުރިހާ ރައްޔިތުން، އިދާރާތަކާއި އެންމެން އެއްބާރުލުން ދިނުމަށް ރައީސް ގޮވައިލެއްވިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ވަނީ ވަކި މެސެޖެއްވެސް ފޮނުއްވާފައެވެ. އެ މެސެޖުގައި އެމަނިކުފާނު ވަނީ، 2024 ވަނަ އަހަރު ތަންފީޒުކުރި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަކީ، ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެ ޤާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ ޒިންމާތައް އިތުރުކޮށް، ރާއްޖޭގެ ކާބޯތަކެތީގެ އޮނިގަނޑުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގައި އިސް ދައުރެއް އަދާކުރާނޭ ފުރުޞަތު އެ އިދާރާއަށް ލިބިގެންދިޔައެވެ.

މިއަދުގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.އެފް.ޑީ.އޭ އިން ހިންގާ މީސްމީޑިއާ ކެމްޕެއިން “މުކައްބަ” އަކީ ޢާންމުންގެ ޚިޔާލު ހޯދުމަށް ހިންގާ ކާމިޔާބު، އުފެއްދުންތެރި، އަދި ދުރުވިސްނުން ފެންނަ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި އެ މަސައްކަތައް ތަޢުރީފުކުރައްވާފައެވެ. މީގެ އިތުރުން، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ކާބޯތަކެތީގެ ވިޔަފާރިވެރީންނަށް އަމާޒުކޮށްގެން ހިންގާ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. އަދި، އެއީ ޖަވާބުދާރީކުރެވޭ މިންވަރު އިތުރުކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ މާހައުލެއް އުފެއްދުމަށް މުހިއްމު މަސައްކަތްތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގައްޔާއި ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް މި ސަރުކާރުން އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

އެއާޕޯޓުގެ އެމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖު ބަންދުކުރަން ނިންމައިފި

Whatsapp image 2025 09 07 at 19.33.36

ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލުކޮށްފި

11
11

ފްލެޓްތައް ހަވާލުކުރަން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި

TTH_advertisement ELL Mobile Advertisement