ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

Whatsapp image 2025 06 07 at 03.41.50

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ. މި އަހަރުގެ އެއް މިލިއަން ވަނައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިޔަކީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގްއެވެ. ކާޖަލް ސިންގް މިއަދު ރާއްޖެ އައިސްފައިވަނީ އިންޑިގޯގެ ފްލައިޓް 6E 1131 ގައި މެންދުރު 12:55 ގައެވެ. ހަނީމޫނަށް މަލަހިނި ކުޑަ ބަނޑޮސްއަށް ޒިޔާރަތް ކުރާއިރު، މިއީ އޭނާ ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރެވެ. މިއީ މިހާތަނަށް ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އަހަރު ތެރޭގައި އެންމެ އަވަހަށް ހަމަވި އަހަރެވެ.

މި ގޮތުން ކާޖަލް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓާއި އެމްއެމްޕީއާރުސީ އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެން ހޫނު މަރުހަބާއެއް މިއަދު ވަނީ ކިޔާފައެވެ.

މިކަން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި  ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވަނީ ބައިވެރިވެ ވަޑައިގެން ފަތުރުވެރިޔާއަށް މަރުހަބާ ދަންނަވާފަ އެވެ.

މިކާމިޔާބީ ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ، މިލަނޑުދަޑިއަކީ ރާއްޖެވަންތަ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ބޭރުދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރަމުންދާ ގިނަގުނަ މަސައްކަތް ފުރިހަމައަށް ރަމްޒުކޮށްދޭ، ދިވެހިން ފަހުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށެވެ.

މީގެ އިތުރުން، އަހަރުގެ މިހާ ކުރީކޮޅު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި، ދިވެހީންގެ މެހުމާންދާރީ، ދުނިޔޭގެ އެކިކަންކޮޅުތަކުން ބަލައިގެންފައިވާކަމުގެ އަލިގަދަ ހެއްކެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިކާމިޔާބީ ހާސިލުކުރުމަށް މަގުފަހިކޮށްދީފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓަރު ތޯރިގު ވަނީ ޝުކުރު ދަންނަވާފައެވެ.

ކާޖަލްއަށް ވަނީ ރައީސުލްޖުމްހޫރިއްޔާ 2024 ވަނަ އަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަހު ފައްޓަވައިދެއްވާފައިވާ ‘ފަސް މިލިއަން ގަސް’ ޕްރޮގްރާމްގައި ބައިވެރިވުމަށް ދައުވަތު ދީފަ އެވެ. މި ގޮތުން، ކާޖަލް ވަނީ ހުޅުލޭފައި މި ޕްރޮގްރާމްގެ ދަށުން ގަހެއް އިންދާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި

ފަތުރުވެރިކަން އިޝްތިހާރު ކުރަން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ފެއާ އައިޓީބީ ބާލިން ފަށައިފި

Oo

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ

ކުއީން އޭން ކްރޫޒްލައިން ރާއްޖެއަށް 2،669 ފަތުރުވެރިން ޒިޔާރަތްކުރި