ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ރާއްޖޭގެ ވޯޓާއެކު އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އޮބްޒަވަރ ޤައުމެއްގެ ގޮތުގައި ފަލަސްޠީން ބަލައިގެންފި

ޔުނައިޑެޓް ނޭޝަންސް (ޔޫއެން)ގެ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް ދީފފިއެވެ.

އައިއެލްއޯގެ މެންބަރުންގެ މެދުގައި މިއަދު ވަނީ ފަލަސްތީނަށް އެ ޖަމިއްޔާގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ދިނުމާ ގުޅޭ ވޯޓެއް ނަގައިފައެވެ. އެ ވޯޓުގައި 386 މެމްބަރަކު ވަނީ ފަލަސްތީނަށް އެ ދަރަޖަ ދިނުމަށް ތާއީދުކޮށް ވޯޓު ދީފައެވެ. އޭގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. 15 މެމްބަރަކު ވަނީ ފަލަސްތީނަށް އައިއެލްއޯގެ އޮބްޒާވާ ސްޓޭޓް ދިނުމާ ދެކޮޅަށް ވޯޓުދީފައެވެ. އަދި 42 މެމްބަރަކު ވޯޓުގައި އެ ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

ފަލަސްތީނަށް، އައިއެލްއޯގެ އޮބްޒާވާ ސްޓޭޓް ދިނުމުގެ ވޯޓު ނަގާފައިވަނީ ޖެނީވާގައި ހުންނަ ޔޫއެންގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. ރާއްޖޭގެ ފަރާތުން އެ ބައްދަވުމަށްދިޔަ ވަފުދުގައި އިސްކޮށް ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ.

ރައީސް އޮފީހުން ބުނީ އައިއެލްއޯގެ އޮބްޒާވާ ސްޓޭޓުގެ ދަރަޖަ ފަލަސްތީނަށް ދިނުމަށް ނިންމި ނިންމުމަކީ ތާރީހީ ނިންމުމެއް ކަމަށެވެ. އަދި އެކަމަށް ވޯޓު ދިނުމުގެ ފުރުސަތު ރާއްޖެއަށް ލިބުމުން ފަހުރުވެރިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޕެއިންގެ ބޮޑުވަޒީރު ޕޯސްޓްކުރެއްވި މި ފޮޓޯއިން އިސްރާއީލުގެ ހިތަށް ވަރަށް ތަދުވެއްޖެ

55

އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެންނަން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

އދ ސަލާމަތީ މަޖިލީހުން ޓްރަމްޕްގެ ޣައްޒާ ސުލްހަ ޕްލޭން ފާސްކޮށްފި

ގެދޮރު ދޫކޮށް ހިޖުރަކުރި ފަލަސްތީނުގެ ރައްޔިތުން އެނބުރި އެމީހުންގެ ސަރަހައްދުތަކަށް ދަތުރު ފަށާއިފި

TTH_advertisement