ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކްގައި އޮންނަ ކުޑަކުދިންގެ ހަވީރުގައި އެމްޕީއެލްގެ ސްޓޯލެއް ހުންނާނެ

76

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަހަރުގެ އީދު އުފަލުގައި ބައިވެރިވުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާރކްގައި ޚާއްޞަ ސްޓޯލްއެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްޓޯލްގައި ދިވެހި ވާހަކަތައް އާ ގޮތަކަށް ހުށަހެޅުމަށް ވަނީ ރޭވިފައެވެ.

ޖޫން 6 އިން 8 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދާ މި ހަރަކާތުގައި ތަފާތު ކާޓޫން ކެރެކްޓަރުތަކާއި އެކު ކުޑަކުދިންނަށް ޚާއްޞަ މަޖާ ގޭމްތައް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ދިވެހި ވާހަކަތައް މޮޑަން އަދި ޖާދޫއީ ގޮތަކަށް ހުށަހެޅުމަށްވެސް ވަނީ ރޭވިފައެވެ.

“މިއީ އާއިލާތަކާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް. ޚާއްޞަކޮށް ކުޑަކުދިންނަށް ދިވެހި ވާހަކަތަކާ ގާތްކުރުވުމަށް މަގުފަހިވެގެންދާނެ ހަރަކާތެއް” އެމްޕީއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ވިދާޅުވިއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޓިކެޓެއް ނުވަތަ ވަކި ފީއެއް ނަގާކަށް ހަމަޖެހިފައި ނުވާއިރު، އާއިލާތަކާއެކު ވަޑައިގެން އީދު އުފަލުގައި ބައިވެރިވުމުގެ ފުރުސަތު އެންމެންނަށްވެސް ހުޅުވާލެވިފައިވެއެވެ.

އެމްޕީއެލްއިން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދަނީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމައުގެ އެކި ފަންތީގެ ރައްޔިތުންނާ ގުޅުން ބަދަހިކޮށް، އުފާވެރި މާހައުލެއް ޤާއިމްކުރުމުގެ މަޤްޞަދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި