ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އޭޕްރީލު މަހުގެ ނިޔަލަށް 1.2 ބިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އިމްޕޯޓްކޮށްފި

Mpl

މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް 1.2 ބިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އިމްޕޯޓުކޮށްފައިވާ ކަމަށް އެމްއެމްއޭ ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

 އެއީ ނިމުނު އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އިމްޕޯޓުކުރި މުދަލަށްވުރެ 0.6 އިންސައްތަ އިތުރު މިންވަރެކެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ އިންޑިޔާއިންނެވެ. އެ ގައުމުން އިމްޕޯޓުކުރި މުދާ ނިމުނު އަހަރަށްވުރެ މި އަހަރު އިތުރުވި ނަމަވެސް ޔޫއޭއީން އިމްޕޯޓުކުރި މިންވަރު އިންޑިޔާއިން އިމްޕޯޓުކުރި މިންވަރަށްވުރެ ގިނައެވެ.

އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އިންޑިޔާއިން އިމްޕޯޓުކުރީ 183.5 މިލިއަން ޑޮލަރުގެ މުދަލެވެ. މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އެ ގައުމުން 210.2 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. އެއީ މިދިޔަ 2024 ވަނަ އަހަރަށްވުރެ 14.6 އިންސައްތަ އިތުރު އަދަދެކެވެ.

ޖުމްލަ އިމްޕޯޓު މާ ބޮޑަށް އިތުރުނުވި ނަމަވެސް ބައެއް ގައުމުތަކުން އިމްޕޯޓުކުރި މިންވަރު ނިމުނު އަހަރަށްވުރެ އިތުރުވެފަައިވާކަން އެމްއެމްއޭގެ ތަފާސހިސާބުތަކުން ދައްކައެވެ.

އެގޮތުން 2024 ވަނަ އަހަރުވެސް އެއް ގައުމަކުން އެންމެ ގިނައިން މުދާ އިމްޕޯޓުކުރި ގައުމުކަމަށްވާ ޔޫއޭއީން މި އަހަރުގެ މިހާތަނަށް 325.5 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރު އެ ގައުމުން އިމްޕޯޓުކުރި 172.1 މިލއިަން ޑޮލަރުގެ މުދަލާ އަޅާބަލާއިރު 89.1 އިންސައްތައިގެ އިތުރުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement