ކުއްލި ޚަބަރު

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

ޢީދަށް މަރުޙަބާ! މިރޭ ހުޅުމާލޭގައި ޢީދު ހުޅުޖެހުން އޮންނާނެ

1

އަލްޙާ ޢީދަށް މަރުޙަބާ ކިޔުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ޢީދު ހުޅުޖެހުމަށް އެކަމުގެ ތައްޔާރީތައް އެޗްޑީސީން ވާން ފަށައިިފި އެވެ.

މި އަހަރުގެ އަލްޙާ ޢީދު ވެސް ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. އެޗްޑީސީން ބުނީ މިރޭ ޢީދު ހުޅުޖެހުން އޮންނާނެ ކަމަށެވެ. އަދި ވެދުމާއި ދިޔުން ވެސް އޮންނާނެ އެވެ.

އެ ހަރަކާތްތަކަށް މިހާރު ވަނީ ތައްޔާރުވާން ފަށާފަ އެވެ.

އަޟްހާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ ގައުމީ ދިފާޢީ ބާރާއި ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެން މި އަހަރުގެ އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމަށް، “ޢީދުހަވީރު 1446” ނަމުގައި ޤައުމީ ފެންވަރުގައި ގްރޭޓާ މާލެ ސަރަޙައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާ އެކު އެންމެހާ ދިވެހިން ޢީދުގެ އުފާ ފާޅުކުރުމަށް މަގުފަހިކޮށްދެއްވުމަކީ އެމަނިކުފާނު ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ ކަމެކެވެ.

އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން މާލެއާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި “ޢީދުހަވީރު 1446″ގެ ގައުމީ ހަރަކާތްތައް ކުރިއަށްގެންދަން ނިންމަވާފައި ވާ އިރު، މި ހަރަކާތްތައް އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަސް ވާންދެން ކުރިއަށްގެންދާނެއެވެ. މި ތިން ދުވަހު، ޢީދުގެ ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 16:00އިން 18:00 އަށެވެ. އަދި، ރޭގަނޑު ބައެއް ސްޓޯލްތައް، ރޭގަނޑު 20:30އިން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ނިންމަވާފައި ވާ ޢީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް، އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެންނެވެ. އެގޮތުން، މި ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައި ވެއެވެ.

ހަމައެހެންމެ ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމްތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން، ހަމައެހެންމެ ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެންނެވެ.

ޢީދުހަވީރުގައި، ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ ފަރާތުން ޚާއްސަ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށްގެންދަން ނިންމާފައެވެ. މީގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދީ ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދަން ހަމަޖެހިފައިވެއެވެ. އަދި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.

މިދިޔަ ފިޠުރު ޢީދު ވެސް މާލެ ސަރަޙައްދުގައި ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

ދުންފަތުގެ ބާވަތްތައް ވިއްކަން 209 ލައިސެންސް ދޫކޮށްފި

igmh

މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް 500އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިއްޖެ: ޙަލީމް

އުރީދޫން ސަބްމެރިން ކޭބަލް އެޅި ފުރަތަމަ ރިސޯޓަކަށް ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި

މާރާމާރީ

މާލޭގައި މާރާމާރީއެއް، ފުލުހުން ދިޔައިރު އެމީހުން ފެންނާކަށް ނެތް! 

ELL Mobile Advertisement TTH_advertisement