ކުއްލި ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

މެރި ކަލްޗާއަށް ހާއްސަ ޒޯނުތަކެއް ކަނޑައަޅައިފި

ރާއްޖޭގައި މެރިކަލްޗާ ތަރައްގީކުރުމަށް ހާއްސަ ފަސް ސަރަހައްދެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

އެ ވުޒާރާއިން މިއަދު ބުނި ގޮތުގައި މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މެރިކަލްޗާއަށް ހާއްސަ ފަސް ސަރަހައްދެއް މިހާރުވަނީ ކަނޑައަޅާފައެވެ. އަދި އެ ޒޯނުތައް ކަަނޑައެޅުމާއެކު އެ ޒޯނުތަކުގައި އިންވެސްޓުކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށްވެސްވަނީ ހަމަޖައްސާފައެވެ.

މެރިކަލްޗާ ހިންގުމަށް ހާއްސަކުރި ފަސް ސަރަހައްދަކީ:

ހއ. އަތޮޅު
ރ. އަތޮޅު
ކ. އަތޮޅު
މ. އަތޮޅު
ތ. އަތޮޅު
މިނިސްޓްރީން ކަނޑައަޅާފައިވަނީ މި ސަރަހައްދުތަކުގައި މެރިކަލްޗާ މަޝްރޫއުތައް ހިންގުމަށް އިންވެސްޓުކުރާ ފަރާތްތަކުގެ އަތުން އިކުއިޒިޝަން ކޯސްޓެއް ނުނެގުމާއެކު، އެ މަޝްރޫއުގެ ފުރަތަމަ ތިން އަހަރު އެ ތަންތަނުގެ ކުލި މައާފުކޮށްދިނުމަށެވެ.

މެރިކަލްޗާގެ މަސައްކަތަށް އިންވެސްޓުކުރުމަށް ހާއްސަ ފަސް ދާއިރާއެއް ކަނޑައަޅާފައިވާއިރު، މެރިކަލްޗާގެ ދާއިރާއިން މީހުން ތަމްރީނުކޮށް އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވެއެވެ. އެގޮތުން 19 އަތޮޅެއްގެ 29 މީހަކަށް މެރިކަލްޗާގެ އަސާސީ ތަމްރީނު މިހާތަނަށް ދީފައިވެއެވެ.

އަދި މެރިކަލްޗާ ދާއިރާގެ ހޭލުންތެރިކަން މަދުރަސާތަކުގެ ދަރިވަރުންގެ މެދުގައި އުފެއްދުމަށް ހިންގާފައިވާ ޕްރޮގުރާމުގެ ތެރެއިން 142 ދަރިވަރުން އެކި ސެޝަންތައް ބާއްވާފައިވެއެވެ.

މީގެ ކުރިން މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މެރިކަލްޗާއަކީ ރާއްޖޭގެ އިގުތިސާދަށް އެކަށީގެންވާ ހިއްސާއެއްކުރާ ސިނާއަތެއްގެ ގޮތުގައި ތަރައްގީކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

I Ibbe
Dhanduverikamugai emmekuroaraafai vaarah aa.thoddoo minister baakeekollevveetha

ގުޅުންހުރި

112

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ELL Mobile Advertisement TTH_advertisement