ކުއްލި ޚަބަރު

ޙައްޖާޖީންނަށް ދެއްވާ މެހެމާންދާރީއަށް ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް ރައީސް ޝުކުރު އަދާކުރައްވައިފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ބަޖެޓުގެ އަރަނި 1.2 ބިލިއަނުގައި

ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ބަޖެޓުގެ އަރަނި 1.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާއްމުކުރާ ހިސާބުތަކަށް ބަލާއިރު މޭ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނީ 16.5 ބިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 15.3 ބިލިއަން ރުފިޔާއެވެ.

ޓެކުހުގެ ގޮތުގައި މި އަހަރުގެ އެ މުހުލަތުގައި 12.9 ބިލިއަން ރުފިޔާ ލިބުނުއިރު ނިމުނު އަހަރު ލިބުނީ 12.3 ބިލިއަން ރުފިޔާއެވެ. ޓެކުސް ނޫން ގޮތްގޮތުން މި އަހަރު 3.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނީ 2.6 ބިލިއަން ރުފިޔާއެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ އާމްދަނީ 7.7 އިންސައްތަ އިތުރުވިއިރު، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 4.7 އިންސައްތަ އިތުރުވެފައިވާއިރު، ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 30.7 އިންސައްތަ އިތުރުވެފައިވެއެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 18.3 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މި އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ހަރަދުވީ 15.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު ހަރަދުތައް 16.3 އިންސައްތަ މަދުވެފައިވެއެވެ.

އަދި ރިކަރަންޓު ހަރަދުތަކަށް ބަލާއިރު މި އަހަރު ހަރަދުވެފައިވަނީ 13.8 ބިލިއަން ރުފިޔާއެވެ. އެއީ ނިމުނު އަހަރު ރިކަރަންޓު ހަރަދުތަކަށް ހޭދަވި 14.1 ބިލިއަން ރުފިޔާއަށްވުރެ 1.97 އިންސައްތަ ދަށް އަދަދެކެވެ. އަދި ކެޕިޓަލް ހަރަދުތަކަށް ބަލާއިރު ނިމުނު އަހަރު ހަރަދުވި 4.1 ބިލިއަން ރުފިޔާއަށްވުރެ، މި އަހަރު ހަރަދުވި އަދަދުވަނީ 64 އިންސައްތަ ދަށްވެފައިވެއެވެ. މި އަހަރު ހަރަދުވީ 1.4 ބިލިއަން ރުފިޔާއެވެ.

ނަމަވެސް ލޯނު އަދާކުރުމަށް ކުރި ހަރަދު ނިމުނު އަހަރާ އަޅާބަލާއިރު 151.9 އިންސައްތަ އިތުރުވެފައިވެއެވެ. ނިމުނު އަހަރު ހަރަދުކޮށްފައިވަނީ އެއް ބިލިއަން ރުފިޔާއެވެ. މި އަހަރު އެ އަދަދުވަނީ 2.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މި ހިސާބުތަކަށް ބަލާއިރު މި އަހަރު ދައުލަތުގެ ބަޖެޓު އަރަނިވެފައިވެއެވެ. ނިމުނު އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓު އޮތީ 2.9 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި 1.2 ބިލިއަން ރުފިޔާއިން ބަޖެޓު އޮތީ އަރަނިވެރިވެފައެވެ.

ސަރުކާރުން އަންނަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި މަޝްރޫއުތައް ހިންގުން ވަކި އިންތިޒާމެއްގެ ތެރެެއަށް ފެއްތުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މަޝްރޫއުތައް އޭގެ އަސްލު އަގަށްވުރެ ބޮޑު ފައިދާއެއް ނުލައި ކުރިއަށްގެންދިއުމަށް ސަރުކާރު ކުންފުނިތަކާ ހަވާލުކުރުމާއެކު، ހަރަދު ކުޑަކުރުމުގެ ގޮތުން މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ބަލްކުކޮށް ގެނެސް މަޝްރޫއުތައް ހިންގުމަށް ސަރުކާރުންވަނީ އިންތިޒާމުތައް ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ޓްރެފިކް އޮޕަރޭޝަނަށް އާންމުން ދިން އެއްބާރުލުމަށް ފުލުހުންގެ ޝުކުރު

ގައުމީ އެއާލައިންގެ ފަސްވަނަ އޭޓީއާރް ރާއްޖެ އައުމުގެ ދަތުރު ފަށައިފި

އައިސީސީގެ ހަތަރު ފަނޑިޔާރުންނާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅު އަޅައިފި

އިސްލާމީ ގައުމުތަކުގެ ވެރިންނަށް އަޟްޙާ ޢީދުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ELL Mobile Advertisement TTH_advertisement