ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހު 17 ގައި

2333333333333333333333

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބާސެލޯ ނަސަންދުރާގެ “އަރި” ބޯލްރޫމްގައި ބާއްވަން ނިންމާފައިވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 27 އޭޕްރިލްގެ ނިޔަލަށް އެ ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް ކަމަށެވެ. ޖަލްސާ އޮންނާނީ މި މަހު 17 ވަނަ ދުވަހުގެ ރޭ 8:30ގައެވެ.

އެމްޓީސީސީން ބުނީ ހިއްސާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން “ފަހިވޯޓް” މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެމްޓީސީސީން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހުރިހާ ހިއްސާދާރުން 15 ޖޫން ގެ 20:30 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.

އެމްޓީސީސީން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯޓަލް ނުވަތަ އެމްޓީސީސީގެ ޝެއާހޯލްޑާސް އޮންލައިން ޕޯޓަލް އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި 4:00 އާ ދެމެދު އެމްޓިސީސީގެ ޓަވަރުގެ ކައުންޓަރަށް ފޯމު ހުށަހަޅައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

އަހަރީ އާންމު ޖަލްސާގައި 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2024 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅައި ފާސްކުރުން އޮންނާނެއެވެ. އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ފާސްކުރުމާއި 2024 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކުރުމުގެ އިތުރުން 2024 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރު ހޮވައި އެ ފަރާތުގެ އުޖޫރަ ކަނޑައެޅުން ވެސް އަހަރީ އާންމު ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނު ފައިދާގެ ތެރެއިން ހިއްސާއަކަށް ދެ ރުފިޔާ، ގާތްގަނޑަކަށް ޖުމްލަ 16 މިލިއަން ރުފިޔާ ބަހަން މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބޭއްވި ޖަލްސާގައި ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބިލެތްފަހީގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ ސިވިލް މަސައްކަތްތަކަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

Supreme Court

ފެންނަ ނުފެންނަ ވޯޓުގެ ސުވާލާ ގުޅޭ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފި

wathanee program

ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގެ 3 ވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރަސްމާލެ މަޝްރޫޢުގެ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިން ހިއްކައިފި