ކުއްލި ޚަބަރު

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފި

އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރިކަން ރައީސް އިއުލާން ކުރައްވައިފި

ބޮޑުތަކުރުފާނު މަގުގައި ތާރުއަޅަން ބައެއް މަގުތައް ބަންދުކުރަނީ

ހައިވަކަރު ގަސްތައް ހަވާލުކުރަން ފަށައިފި

Haiii

ދިވެހިރާއްޖެއިން މަދުވެފައިވާ ގަހެއް ކަމުގައިވާ ހައިވަކަރު ގަސް އިންދުމަށް، ޝައުގުވެރިކަން ފާޅުކުރި ރިސޯޓުތަކަށް ގަސް ހަދިޔާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ގަސްތަކަކީ، ސްރީލަންކާ ސަރުކާރުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަދިޔާކޮށްފައިވާ ގަސްތައްކަން ފާހަގަކޮށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއިއެކު ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި އިންދުމަށް ހައިވަކަރު ގަސް ފޮނުވާފައިވާކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ރިސޯޓުތަކަށް 2 ހައިވަކަރު ގަސް ހަދިޔާ ކުރުމުގެ މަސައްކަތްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ގަސްތައް ހަދިޔާކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އިންތިޒާމްތައް ކުރިއަށް ދާއިރު ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމަކްއެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެއްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވާ، ގަސް އިންދުމުގެ އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާއިރު މ އަތޮޅާއި، ރ އަތޮޅު އަދި ށ އަތޮޅުގައި މި ހިގާ ޖޫން މަސްތެރޭ ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިހާތަނަށް 565000ގަސް ވަނީ އިންދާފައެވެ.

ރާއްޖޭގައި ހައިވަކަރު ގަސް އިންދުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގްރީންހައުސް ގޭހުގެ މިންވަރު އަންދާޒާކުރުމާ ގުޅޭ ޚާއްސަ ތަމްރީނެއް ކުރިއަށްގެންގޮސްފި

އުތުރުގެ ބާރަ ރަށެއްގައި ގްރީން ހައުސް ގާއިމްކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާންމުންނަށް ވަދެވޭ ގޮތަށް ޚާއްޞަ ނާސަރީއެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފި

988

ފަސް މިލިއަން ގަސް ޕްރޮގްރާމް: މިހާތަނަށް 498،968 ގަސް އިންދާފައިފި

TTH_advertisement