ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

އދ.ގެ އާންމު މަޖިލީހުގެ ނައިބު ރައީސްކަން ރާއްޖެއަށް ލިބިއްޖެ

90

އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަނުގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ކޮންމެ ސެޝަނަކަށް އޭޝިއާ ޕެސިފިކް ގުރޫޕުގެ ތެރެއިން ފަސް ނައިބު ރައީސުން އިންތިހާބުކުރެ އެވެ. ރާއްޖޭގެ އިތުރުން އަނެއް ހަތަރު ގޮނޑިއަށް ކުރިމަތިލި، ބަންގްލަދޭޝް އާއި ލުބުނާނާއި ސައޫދީ އަރަބިއްޔާ އާއި ޓިމޯ-ލެސްޓް ވަނީ މިރޭ ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިންތިހާބު ކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ޖަލްސާއަކީ ކާމިޔާބު ސެޝަނަކަށް ހެދުމަށް ޕާޓްނަރުންނާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ.

އަދި އދ. ގެ މެންބަރު ކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި މަލްޓިލޭޓަރަލް ސިސްޓަމް އިތުރަށް ހަރުދަނާ ކުރުމުގައި ރާއްޖެއިން ދެމި އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އދގެ އާންމު މަޖިލީހުގައި ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ދިވެހި ވަފްދު މަޖިލިސް ދޫކޮށް ނިކުމެއްޖެ

TTH_advertisement