ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެއި މަހުގެ ބިލު ތައްޔާރު ކުރީ އަގުހެޔޮ ޓެރިފް ރޭޓުގައި: ސްޓެލްކޯ

ފަ

މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށެވެ. މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ރައީސް މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ދެން ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއް ވެސް ތައްޔާރުކުރެވިގެން ދާނީ އައު ޓެރިފް ރޭޓްތަކަށް ކަމަށްވެސް ސްޓެލްކޯ އިން މައުލޫމާތުދެ އެވެ.

ކަރަންޓުގެ ޓެރިފް ރޭޓަށް ސަރުކާރުން ގެނައި ބަދަލު:

ބޭންޑް 0-100 އަށް މިހާރު އިންނަ ރޭޓް 1.50 އިން 1.25 އަށް ބަދަލުވާނެ
ބޭންޑް 101-200 އަށް މިހާރު އިންނަ ރޭޓް 1.70 އިން 1.50 އަށް ބަދަލުވާނެ
ބޭންޑް 201-300 އަށް މިހާރު އިންނަ ރޭޓް 2.15 އިން 1.50 އަށް ބަދަލުވާނެ
ބޭންޑް 301-400 އަށް މިހާރު އިންނަ ރޭޓް 2.50 އިން 1.50އަށް ބަދަލުވާނެ
ބޭންޑް 401-500 އަށް މިހާރު އިންނަ ރޭޓް 2.95 އިން 2.66 އަށް ބަދަލުވާނެ
ބޭންޑް 501-600 އަށް މިހާރު އިންނަ ރޭޓް 3.55 އިން 3.25 އަށް ބަދަލުވާނެ
ބޭންޑް 600+ އަށް މިހާރު އިންނަ ރޭޓް 4.25 އިން 3.83 އަށް ބަދަލުވާނެ

ކަރަންޓު އަގުހެޔޮކުރަން ނިންމާފައިވާއިރު، ސަރުކާރުން ވަނީ މިދިޔަ ދެ ރޯދަ މަހުވެސް ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބިލެތްފަހީގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ ސިވިލް މަސައްކަތްތަކަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

Supreme Court

ފެންނަ ނުފެންނަ ވޯޓުގެ ސުވާލާ ގުޅޭ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފި

wathanee program

ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގެ 3 ވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރަސްމާލެ މަޝްރޫޢުގެ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިން ހިއްކައިފި