ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާއަށް ބޯކޮށް ވާރޭވެހި ހިނގި ހާދިސާތަކުގައި 34 މީހުން މަރުވެއްޖެ

އިންޑިއާގެ އުތުރުއިރުމަތީ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 34 އަށް އަރައިފިއެވެ.

ފެންބޮޑުވުމުގެ ސަބަބުން ވޭތުވެދިޔަ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ އެތައް ހާދިސާއެއް ވަނީ ހިނގާފައެވެ.

އިންޑިއާގެ މޫސުމާބެހޭ މައި އިދާރާއިން ބުނެފައިވަނީ، ކުރިއަށްއޮތް ދުވަސްތަކުގައިވެސް މޫސުން ވަރަށް ގޯސްވާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުން ގޯސްވެ، ހިމާލަޔާ ސަރަހައްދުގެ ސިކިމް ސްޓޭޓްގައި ތާށިވެފައި ތިބި ހާހަކަށްވުރެ ގިނަ ޓޫރިސްޓުން ރައްކާތެރި ހިސާބުތަކަށް މިއަދު ގެންދެވިފައިވާ ކަމަށް، ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އަދި ފެންބޮޑުވުމުގެ ސަބަބުން ތާށިވެފައި ތިބި 500 އަށްވުރެ ގިނަ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ސިފައިންގެ ރެސްކިއު ޓީމުތަކުން މިހާރުވެސް ގެންދަނީ ކުރަމުންނެވެ.

ފެންބޮޑުވުމުގެ ސަބަބުން، ޚާއްސަކޮށް އާސާމް ސްޓޭޓްގެ ސިލިޗާރް ސިޓީގެ ގިނަ ގެތަކާއި، މަގުތައް މިހާރު ހުރީ ފެނުއަޑީގައެވެ. ގަސްތައް ހުރީ މުލުން ލުހިގެން ވެއްޓިފައެވެ.

އިންޑިއާގެ އުތުރުއިރުމަތީ ފަޅިއާ ގުޅިފައިވާ އަވަށްޓެރި ބަންގްލަދޭޝްއަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެ އެތައް ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަންގްލަދޭޝްގެ ސިލްހެޓުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި އެއް އާއިލާއެއްގެ 4 މެމްބަރުން މަރުވެފައި ވެއެވެ. ފެންބޮޑުވުމުގެ ސަބަބުން ބަނގްލަދޭޝްއިން ހާލުގައި ޖެހިފައިވާ މީހުންނަށް އެތައް އަވަށެއްގައި ވަގުތީ ހިޔާތައް ވަނީ ހުޅުވާފައެވެ.

ކުރިއަށްހުރި ދުވަސްތަކުގައިވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާފާނެތީ، ނާޒުކު ސަރަހައްދުތަކުގައި އުޅޭ މީހުން ސަމާލުވުމަށް، އިންޑިއާއާއި ބަންގްލަދޭޝްގެ މޫސުމާބެހޭ އިދާރާތަކުންވެސް އަންގައި، އިންޒާރު ކޮށްފައި ވެއެވެ.

އިންޑިއާގެ އިރުއުތުރާއި ބަންގްލަދޭޝްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ކޮންމެ އަހަރަކުވެސް ކުރިމަތިވެއެވެ. މީގެ އަސަރު އެތައް މިލިއަން ބަޔަކަށް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

އެމެރިކާއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ނަޝީދު ފާޑުވިދާޅުވެއްޖެ

ނިއުދިއްލީގެ މަސް މާރުކޭޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ، ސަރުކާރުގެ ބަހެއް އަދިނެތް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބޮޑު ނަތީޖާއަކުން އިންޑިއާ ބަލިކޮށްފި

ޔަހޫދީންނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓް ލިބިގެން އިންޑިއާގެ ބައެއް ސިޓީތަކުގައި ސަލާމަތީ ފިޔަވަޅު އަޅައިފި