ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމީ އުސޫލުތަކާ އެއްގޮތަށް އީދު ފާހަގަކުރަން ސަރުކާރުން އިލްތިމާސްކޮށްފި

Eeeeeeeeeeeeeeeeeeeeeeee

އިސްލާމީ އުސޫލުތަކުގެ ތެރޭގައި އީދު ފާހަގަ ކުރަން ލޯކަލް ގަވަމެންޓް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޒަމާނުއްސުރެ ދިވެހިންނަކީ ކުލަގަދަކޮށް އީދު ފާހަގަކުރާ ބައެއް ކަމަށާއި އީދު ހަރަކާތުގެ ސަބަބުން ދިވެހިންގެ ތެރޭގައި އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ، އިޖުތިމާއީ ގުޅުން ވަރުގަދަވާ ކަމަށެވެ.

އިސްލާމީ ހަމަތަކުގެ ތެރޭގައި އީދު ފާހަގަކުރުމާއި ކުދިބޮޑު އެންމެން، އީދުގެ އުފަލުގައި ބައިވެރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

“އިސްލާމީ އުސޫލުތަކާއި ހުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށްރަށެއްގައި ވެސް އީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި، ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެކެވެ،” ބަޔާނުގައިވެ އެވެ.

މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމުގައި ވެސް އިސްލާމީ ތަރަހައިގެ ތެރޭގައި އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެމަތިން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލު ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން އީދަށް ބަންދު ވަނީ ޖޫން މަހުގެ ފަހަކުން ނުވައެއްގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން މިރޭ އޮންނާނެ

vagufu committee

އީދަށް ހަނދު ބެލުން އަންނަ ހަފްތާގެ ބުދަ ދުވަހު އޮންނާނެ: ޑީޖޭއޭ

1

ޢީދަށް މަރުޙަބާ! މިރޭ ހުޅުމާލޭގައި ޢީދު ހުޅުޖެހުން އޮންނާނެ

ވެ

އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި