ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މިނިވަން ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވަނީ؟

މިނިވަން ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާނެކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

“ޓައިމްސް އޮފް އިންޑިއާ” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ ހައި-ލެވެލް ކޯ ގުރޫޕުގެ ބައްދަލުވުމަށް، ދާދި ފަހުން އިންޑިއާ އަށް ވަޑައިގެންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން، މިނިވަން ދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވުމަށް މޯދީއަށް ރަސްމީ ދައުވަތު އަރުވައިފައެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނި ގޮތުގައި، މި ދަތުރުފުޅުގެ ޕްރޮގްރާމްތަކާއި އެޖެންޑާ އަދި އެކުލަވާލަމުން އަންނައިރު، މައި އެއާޕޯޓު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތަރައްގީކުރަމުން އަންނަ އާ ޓާމިނަލް ވެސް ހުޅުވަން ނިންމާފައިވާ 26 ޖުލައިއަކީ މޯދީގެ ދަތުރުފުޅަށް ބެލެވޭ ތާރީހުތަކުގެ ތެރެއިން އެންމެ ގާތް އެއް ތާރީހެވެ.

މި ދަތުރުފުޅަކީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާނެއެވެ.

ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު، އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ވަރަށް ބޮޑަށް ހީނަރުވި ނަމަވެސް މިހާރު އެ ގުޅުން ފެންނަނީ ވަރުގަދަކޮށެވެ. އަދި ރައީސް މުއިއްޒު މިދިޔަ އޮކްޓޯބަރު މަހު ވަނީ އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement