ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާދަމާ މަޖިލީހުގެ ޖަލްސާތައް ފަށަނީ، ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ ހުށަހެޅުން އެޖެންޑާގައި

Abdu

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ނިންމައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ފޮނުވާފައިވާ ނަންތަކުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މާދަމާ ބާއްވާ ޖަލްސާގައި ކުރިއަށް ގެންދިއުމަށް 5 ކަމެއް ވަނީ ތާވަލްކޮށްފައެވެ. މީގެ ތެރޭގައި ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ނަންތައް ދިރާސާ ކުރުމަށް ދާއިމީ ކޮމެޓީއަށް ފޮނުވުމަށް ވަނީ ތާވަލްކޮށްފައެވެ. ދެން ތާވަލްކޮށްފައިވަނީ ނޭޕާލް، ޔޫކްރެއިން އަދި އަޔަލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުންގެ ނަންތަކެވެ. އަދި މިޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޟީލް ހުށަހަޅުއްވާފައިވާ ސިވިލް އެވިއޭޝަން އޮތޯރިޓީގެ ބިލުގެ އިބްތިދާޢީ ބަހުސް ކުރިއަށް ގެންދާނެއެވެ.

މިދިޔަ ދައުރު ނިންމާލާފައިވަނީ، މިދިޔަ މޭއި މަހުގެ 15 ވަނަ ދުވަހުއެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާލި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ދައުރުގައި، މަޖިލީހަށް ހުށަހެޅުނު މައްސަލަތަކުގެ 77 އިންސައްތަ ނިންމާފައިވާ ކަމަށެވެ. ޢަބްދުއްރަޙީމް ވިދާޅުވީ މި ދައުރުގެ ތެރޭގައި 9 ބިލު ފާސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިމިގްރޭޝަންގެ ޤާނޫނާއި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކާއި ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނުތަކަށް ގެނައި މުހިންމު އިސްލާހުތައް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

20 ވަނަ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މިއަހަރުގެ ދެވަނަ ދައުރު ފެށޭނީ ޖޫން މަހުއެވެ. އަދި 2 ވަނަ ދުއުރު ނިމޭނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގައި ކަމަށް ޤަވާއިދުގައި ބަޔާން ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި