ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއާޕޯޓާއި މާލޭގެ ބައެއް ހިސާބުތަކަށް ކަރަންޓް ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އިތުރުން މާލޭގެ ބައެއް ސަރަހައްދުތަކަށްވެސް އަލުން ކަރަންޓް ދީފިއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެ އާއި ހުޅުމާލެއިން މިއަދު ކަރަންޓް ކެނޑިފައި ވަނީ 12:30 ގައެވެ. އެ ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ކަރަންޓް ކެނޑިފައިވާ އިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދެންމެ ކުރި “އެކްސް”އެއްގައި ބުނީ މިވަގުތު އެއާޕޯޓަށް އަލުން ކަރަންޓް ދެވިފައިވާ ކަމަށެވެ.

އެ “އެކްސް” ގައި ބުނީ އަލުން އެއާޕޯޓަށް ކަރަންޓް ދެވިފައި ވަނީ 2:05 ގައި ކަމަށެވެ.

އެމްއޭސީއެލްއިން ބުނީ މާލެ ސަރަހައްދުން ކަރަންޓް ދިޔުމާއެކު އެއާޕޯޓުން ކަރަންޓް ދިޔައީ، އެމްއޭސީއެލްގެ ބެކަޕް ޕަމާ ޖެނެރޭޝަން ސިސްޓަމުގެ ސާވާ ގުޅިފައި އިންނަނީ މައި ގްރިޑާ ކަމަށް ވާތީ ކަމަށެވެ. އެހެންނަމަވެސް، އެހާލަތުގައިވެސް ބެކަޕް ސިސްޓަމް ބޭނުންކޮށް ކްރިޓިކަލް މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށްވެސް އެމްއޭސީއެލްއިން ބުންޏެވެ.

ސްޓެލްކޯއިން ދެންމެ ބުނީ މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށްވެސް ކަރަންޓް ދެމުންދާ ކަމަށާއި، ކަރަންޓް ނުދެވި ހުރި ސަރަހައްދުތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަރަންޓް ކެނޑުނު މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް