ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުޅި ގުރިޑުން ކަރަންޓު ކެނޑުމާއެކު ހަދަންޖެހޭ ޗެކަޕްގެ މަސައްކަތް ދަނީ ކުރަމުން: ސްޓެލްކޯ

stelco

މާލެ ސަރަހައްދުގެ މުޅި ގުރިޑުން ކަރަންޓު ކެނޑުމާއެކު ހަދަންޖެހޭ ޗެކަޕްގެ މަސައްކަތް ކުރަމުންދާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

މީޑިތަކަށް މަޢުލޫމާތު ދެއްވަމުން ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯއިން ވިދާޅުވީ މުޅި މާލެ ސަރަހައްދަށް ގުޅާފައިވާ ގުރިޑުން ކަރަންޓު ކެނޑި، ޓޯޓަލް ބްލެކްއައުޓްއަކަށްވާތީ، ގުރިޑު އަލުން އެނަޖައިޒްކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކަޕްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި ހުޅުމާލޭގެ ޖެންސެޓްތައް އެނަޖައިޒްކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ޖެނެރޭޓަރ ޗެކަޕްގެ ތެރެއިން ޖެނެރޭޓަރުތަކުގައި ތެޔޮ ހުރިކަން ކަށަވަރުކުރުމާއި ސިސްޓަމްތަކުގެ ފިނިހޫނު މިން ހިފެހެއްޓުމަށް ބޭނުންކުރާ ކޫލަންޓް ހުރިތޯއާއި ވައި ފިލްޓަރުކުރާ ނިޒާމު ޓެސްޓްކުރުމާއި ބެޓެރި ޓެސްޓްކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.

ސްޓެލްކޯއިން ވިދާޅުވީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ.

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ 12:30 އެހާއިރުއެވެ. އަދި ހުޅުލޭ އެއަރޕޯޓުންވެސް ކަރަންޓު ކެނޑިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ކަރަންޓު ދިއުމާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުންތައްވެސް ހުއްޓާލާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް