ކުއްލި ޚަބަރު

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް ކަނޑައަޅައިފި

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

މާފުށީގައި 1.6 މެގަވޮޓްގެ ކެޓަޕިލަރ ޖަނަރޭޓަރުސެޓް ބޭނުންކުރަން ފަށައިފި

ކ. މާފުށީގައި 1.6 މެގަވޮޓްގެ ކެޓަޕިލަރ ޖަނަރޭޓަރުސެޓް ބޭނުންކުރަން ފަށާފައިވާކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ސޯޝަލްމީޑީއާގައި ހިއްސާ ކުރެއްވިި ޕޯސްޓެއްގައި ވިދާޅުވީ ކ. މާފުށީގައި އެކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް މެދުނުކެނޑި އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުުންނަށް ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މާފުށީގެ 1.6 މެގަވޮޓްގެ ކެޓަޕިލަރ ޖަނަރޭޓަރުސެޓްގެ އޯވަރހޯލް ނިންމާ މިހާރު ބޭނުން ކުރަން ފަށާފައިވާކަމަށެވެ.

 

އެއްވެސް ދަތިކަމެއް ނެތި ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރައްވަމުންނެވެ. އެގޮތުން އަތޮޅުތެރޭގެ ރައްތަކުގެ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި، އެކި ރަށްރަށުގައި އައު ޖަނަރޭޓަރު ސެޓު އިންސްޓޯލްކޮށް، ބޭނުންކުރަން ވަނީ ފަށައިފިއެވެ. މީގެ އިތުރުން މި އަހަރުގެ ޕީކް ސީޒަނަށާއި، ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގްރޭޓާމާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީގެ ބެކަޕްގެ ގޮތުގައި ގްރިޑަށް 12 ޖަނަރޭޓަރުސެޓް ސްޓެލްކޯއިން ވަނީ އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1234

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

Mal

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް ކަނޑައަޅައިފި

1234

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

Mal

ވެންޓިލޭޓަރު މައްސަލަ: 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން ދުބާއީ ކޯޓަކުން އަމުރު ކޮށްފި

TTH_advertisement