ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އދގެ އިންޒާރު: ޣައްޒާއަކީ މިހާރު ދުނިޔޭގެމަތީގެ އެންމެ ބަނޑުހައިހޫނުކަން ބޮޑު ރަށް

ޣައްޒާއަކީ މިހާރު ދުނިޔޭގެމަތީގެ އެންމެ ބަނޑުހައިހޫނުކަންބޮޑު ރަށް ކަމަށް ބުނެ އދއިން ވަރުގަދަ އިންޒާރެއް ނެރެފިއެވެ.

އދއިން ނެރުނު އިންޒާރުގައި ބުނެފައިވަނީ، ޣައްޒާގެ މުޅި އާބާދީއަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ.

ނުހަނު ބަނޑުހައިހޫނުކަމުގައި ތިބި ޣައްޒާގެ 2.3 މިލިއަން ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތަކީ މި ފަހުގެ ތާރީޚެއްގައި އދއަށް އެންމެބޮޑު ގޮންޖެހުމަކާއި އަދި ހުރަސްތަކެއް ކުރިމަތިވެފައިވާ މިޝަން ކަމަށްވެސް އދއިން ބުނެފައި ވެއެވެ.

އދގެ އޭޖެންސީތަކާއި، އިންސާނީ އެހީދޭ ބައިނަލްއަގްވާމީ ޖަމާއަތްތައް ނުލައި، އެމެރިކާ އަދި އިސްރާއީލުން ރުހުން ދީފައިވާ ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަނުން ވަނީ ޣައްޒާގައި އިންސާނީ އެހީ ބެހުމުގެ ނަމުގައި މަސައްކަތް ފަށާފައެވެ.

ނަމަވެސް، އދއިން ކުރިންވެސް އިންޒާރު ކުރި ގޮތަށް އެހީގެ ކަންކަން ރަނގަޅަކަށް ކުރިއަކަށް ނުދެއެވެ. އެކަން ކުރުމުގެ ތަޖުރިބާ ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަންގައި ނެތުމުން، ވާނެހާގޮތެއް ދަނީ ވަމުންނެވެ.

ބަނޑުހައިހޫނުކަމުގައި އެތައް މަހެއް ވަންދެން ތިބި އާންމުން ކޮންޓްރޯލް ނުކުރެވި، ކޮންމެ ދުވަހަކު އެތައް ބައެއްގެ ފުރާނަ ދަނީ ގެއްލެމުންނެވެ. މިއަދުވެސް ޒަޔަނިސްޓު ސިފައިންވަނީ އިންސާނީ އެހީ ހޯދަން ގޮސްތިބި އާންމުންގެ ގަޔަށް ބަޑިޖަހައި 31 މީހުން ޝަހީދުކޮށްލާފައެވެ.

އާއިލާތަށް ގޮސްތިބީ އާއިލާއަށް އެންމެ އިރަކުވެސް ކާނޭ އެއްޗެއް ލިބޭތޯއެވެ. އެހީދޭ ޕޮއިންޓައް ކޮންޓްރޯލް ކުރުނީ އެމެރިކާ އަދި އިސްރާއީލުންނެވެ. ނަމަވެސް، އެތަންތަނަށް ނުގޮސް ކާނޭ އެއްޗެއް ލިބޭނެ އިތުރު ގޮތެއް ނެތުމުން އާންމުންދަނީ މަޖުބޫރުވެގެންނެވެ.
ޣައްޒާގެ އާންމުންނާއި، އާއިލާތައް މިހާރު ތިބި ހާލަތަށް ބަލާއިރު، ކިޔޫގައި ޖެހިގެން ލިބެނީވެސް މަދު އެތިކޮޅެކެވެ. އެއް ދުވަހަސް ފުދޭވަރާ ގާތަށްވެސް އެއްޗެއް ނުލިބެއެވެ.

މިހާލުގައި ތިބި މީހުންގެ ގަޔަށް ޒަޔަނިސްޓު ސިފައިން ބަޑިޖަހައި ޝަހީދުކުރަމުންދާ ދިއުން މުޅި ދުނިޔެ ދަނީ ބަލަމުންނެވެ.

ޣައްޒާ މީޑިއާ އޮފީހުން ބުނެފައިވަނީ، އިންސާނީ އެހީ ބަހާ ތަންތަނަށް ދާ މީހުންނަށް ލިބޭ އަނިޔާތަކުގެ ފުރިހަމަ ޒިންމާ އެމެރިކާއާއި އިސްރާއީލުން އުފުލަން ޖެހޭނޭ ކަމަށެވެ.

ކާއެތިކޮޅެއް ހޯދަން ދިއުމުންވެސް ބަޑިޖަހައި މަރަމުންދާއިރު، ކާނޭ އެއްޗެއް، ބޯފެނެއް ބޭހެއް ނުލިބި ޣައްޒާއިން މިހާރުވަނީ އާންމުން މަރުވާން ފަށާފައެވެ.

އެތައް ޓަނެއްގެ ކާބޯތަކެއްޗާއި، އިންސާނީ އެހީ ޣައްޒާގެ ބޯޑަރަށް މިހާރުވެސް ޖަމާކޮށްފައިވާއިރު، އެތަކެތި ޣައްޒާއަށް އެތެރެކުރާކަމަށް އިސްރާއީލުން ހުއްދައެއް ނުދެއެވެ. ޖަމާވެފައިވާ ސާމާނަށް ބަލާއިރު، ޣައްޒާއަށް މިހާރު އެތެރެކުރަނީ “ކުޑައެތިކޮޅެއް” ކަމަށް އދއިން ބުނެއެވެ.

މި ކަންކަމަށް ބަލާއިރު، އިސްރާއީލުން ޣައްޒާގައި ބަނޑުހައިހޫނުކަން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަނީ ކަމަށް ގަބޫލުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

ހަނގުރާމައިގެ މައްސަލާގައި ބާއްވާ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން ފަށައިފި

ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ މިލްކަކަށް ހެދުން ރާއްޖެއިން ކުށްވެރިކޮށްފި

“ބޯޑް އޮފް ޕީސް” އަށް ޔޫއޭއީ އިން އެއް ބިލިއަން ޑޮލަރު ދެނީ