ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެކްސްޕޯރޓް، އިމްޕޯރޓް ޚިދުމަތްތައް ޓްރޭޑިއަން އަށް ބަދަލުކުރުން ފަސްކޮށްފި

އެކްސްޕޯޓް އިމްޕޯޓާއި ގުޅޭ ޚިދުމަތްތައް ޓްރޭޑިއަން ޕްލެޓްފޯމުން އެކަނި ލިބޭގޮތަށް ބަދަލުކުރުން ފަސްކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އިމްޕޯޓް، އެކްސްޕޯޓާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ޓްރޭޑިއަން ޕްލެޓްފޯމާއި ގުޅުންހުރި އެހެން ސިސްޓަމްތައް ގުޅުވާލުމާއި، ޚިދުމަތްތައް ދިނުމުގައި ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް އެއްވެސް މައްސަލައެއް ދިމާނުވާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ ޓެސްޓުތައް ހެދުމަށް އިތުރަށް ވަގުތު ބޭނުންވާތީ ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ.

1 ޖޫން 2025 އިން ފެށިގެން މި ޚިދުމަތްތައް ހޯދޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަން ކަމަށް އޮތް އޮތުން ފަހުގެ ތާރީޚަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި މި ބަދަލާ ގުޅިގެން، ވަކި ތާރީޚެއް ކަނޑައެޅެންދެން، މިހާރެކޭ ވެސް އެއްގޮތަށް އިމްޕޯޓް އެކްސްޕޯޓާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދެމުން ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމުން މި ޚިދުމަތްތައް ދިނުމަށް ތައްޔާރުވިހާ އަވަހަކަށް އެކަން އިއުލާނު ކުރައްވާނެކަަން މިނިސްޓްރީން ފާހަގަކުރިއެވެ.

ރާއްޖެއަށް މުދާ އިމްޕޯޓްކޮށް، އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން މުހިންމު ޚިދުމަތްތައް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ނެޝަނަލް ސިންގަލް ވިންޑޯ “ޓްރޭޑިއަން” ރަސްމީކޮށް އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މިއީ އިމްޕޯޓާއި އެކްސްޕޯޓަށް އެކި އިދާރާތަކުން ހޯދާ ޚިދުމަތްތައް އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.

ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާ އަދި ކަމާގުޅޭ އިދާރާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Minister Saeed

އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ: ސައީދު

މެދުކެނޑުމެއްނެތި ރާއްޖޭގެ އެކި ހިސާބުތަކަށް މުދާ އުފުލޭނެ ރޫޓުތަކެއް ކަނޑައަޅައިފި

cafe

ރޯދަ މަހު ފިހާރަތައް މެންދަމު 1 ޖަހަންދެން، ކެފޭތައް 3 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

778

ރޯދަ މަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމުކޮށްފި