ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް މިދަނީ ފެނި ކަށަވަރުވަމުން: ފަހުމީ

ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް މިދަނީ ފެނި ކަށަވަރު ވަމުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީ ފަހުމީ މިހެން ވިދާޅުވީ، ކަރަންޓް ޓެރިފް ރޭޓްތައް ކުޑަ ކުރެއްވުމަށް ކަމާ ބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ.

 

ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ފަހުމީ ވިދާޅުވީ، މިއީ ކުރީގެ އެއްވެސް ސަރުކާރަކަށް ކުރަން ކެރިވަޑައިގަތް ކަމެއް ނޫން ކަމަށެވެ.

“ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި މިދަނީ ކަށަވަރުވަމުން. ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ކުރައްވައި، އެކަން ރަސްމީކޮށް އިޢުލާންކުރައްވާފައި. ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި، ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ދަށްކޮށް އިޢުލާންކުރެއްވި ކަމަށްޓަކައި، އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު، މަރުޙަބާއާއި ޝުކުރު ދަންނަވަން” އެމްޑީ ފަހުމީ ވިދާޅުވިއެވެ.

ކަރަންޓް ބިލުތައް ބޮޑު ކަމުގެ ޝަކުވާ އަބަދާއި އަބަދު ރައްޔިތުން ކުރެއެވެ. އެކަމަކު ކަރަންޓުގެ ޚިދުމަތްދޭ ކުންފިނިތަކުން ކޮންމެ ފަހަރަކުވެސް ބުނަމުން ދަނީ ބިލް ކުރަމުންދަނީ ބޭނުން ކުރާ ކަރަންޓަށް ކަމަށެވެ. އަދި ކަރަންޓް ބިލު ބޮޑުވަނީ ކަރަންޓް ޓެރިފް ރޭޓް (ބޭންޑްތަކުގައި) ބޮޑުކޮށް ހުންނާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް