ކުއްލި ޚަބަރު

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

އިސްރާއީލުގެ މިނިސްޓަރު ވާހަކަދަައްކަން ފެށުމުން ދިވެހި ވަފުދު އައިއެލްސީން ނިކުމެވަޑައިގެންފި

ޣައްޒާގެ އުދުވާނަށް 600 ދުވަސް: ފެންނަނީ ހިތްދަތި އަދަދުތަކެއް

ޒަޔަނިސްޓު އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް 600 ދުވަސް ވެގެން ގޮސްފައިވާއިރު، ހަމަލާތައް ހުއްޓާލާނެ ކަމުގެ އެއްވެސް އަލާމާތެއް އަދި ނެތެވެ.

ޣައްޒާއަށް ދޭ ހަމަލާތައް މިހާރުވަނީ އެތައްގުނަ އިތުރުކޮށް ފުޅާކޮށްފައެވެ. އެގޮތުން، އަސްކަރީ ޖެޓާއި، ޑްރޯން ބޭނުންކޮށްގެން ވައިގެމަގުން ބޮންއަޅައި މިސައިލުން ހަމަލާ ދެމުންގެންދާއިރު، އެއްގަމުމަގުން ބޮޑުބަޑީގެ ހަމަލާދީ އަދި ބަޑިޖަހައި ކޮންމެ ދުވަހަކު އެތައްބަޔަކު ގެންދަނީ ދުނިޔެއިން ނައްތާލަމުންނެވެ.

ހަމަލާދީ، ގެތަކާއި، އާންމުން ދިރިއުޅޭ އިމާރާތްތައް ގެންދަނީ ބިމާހަމަކުރަމުންނެވެ. ޣައްޒާގެ އެތައް ރަށެއް މިހާރު އޮތީ އެއްވެސް ދިރުމެއްނެތި ނާމާން ރަށްތަކެއްގެ ގޮތުގައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޒަޔަނިސްޓު ސިފައިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް 600 ދުވަސް ފުރިގެން ދިޔައިރު، ޝަހީދުވި ކަމަށް ރެކޯޑް ކުރެވުނު މީހުންގެ ރަސްމީ އަދަދު މިހާރުވަނީ 54،084 އަށް އަރާފައެވެ.

މީގެތެރޭގައި 18،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭއިރު، 12،400 އަންހެނުން ހިމެނެއެވެ. އޭގެތެރެއިންވެސް 7،950 މީހުންނަކީ މައިންނެވެ.

މައިންބަފައިން ޝަހީދުކޮށްލުމުގެ ސަބަބުން ޣައްޒާއިން 42،000 އަށްވުރެ ގިނަ ކުދިންވަނީ ޔަތީމުވެފައެވެ. 14،700 މީހުންވަނީ ހުވަފަތްވެފައެވެ.

ހަމަލާދީ ޣައްޒާގެ 2،483 އާއިލާއެއްގެ ހުރިހާ މެމްބަރުން ޝަހީދުކޮށްލާފައި ވެއެވެ.

ވައްޓާލާފައިވާ ގެތަކާއި، އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ މީހުންގެ އަދަދު 9،000 އަށްވުރެ ގިނައެވެ.

ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 123،308 އަށް އަރައެވެ. އެތައްސަތޭކަ ބަޔަކަށް ލިބުނު ބޮޑެތި ޒަޚަމްތަކަށް އެކަށީގެންވާ ފަރުވާ ނުލިބި ފަހުން ދުނިޔެދޫކޮށްފައި ވެއެވެ.

ލިބުނު ބޮޑެތި ޒަޚަމްތަކާހެދި އަތްފައި ބުރިކޮށްލަން ޖެހުނު މީހުންގެ އަދަދު 4،700 އަށް އަރާފައި ވާއިރު، މީގެ ތެރެއިން 18 އިންސައްތައަކީ ކުޑަކުދިންނެވެ.

ޒަޚަމްގެ ހާލަތުގައި ވަނިކޮށާއި، އަދި އެހެން ގޮތްގޮތުން ޒަޔަނިސްޓުންވަނީ ޣައްޒާއިން 6،663 މީހުން ވަގަށް ނަގައިގެން ގެންދިޔަތާކަށް ގެންގޮސްފައެވެ. އެމީހުންނާބެހޭ އެއްވެސް ޚަބަރެއް ނެތެވެ.

ޒަޔަނިސްޓުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން ސީދާ ޣައްޒާ ސިވިލް ޑިފެންސްގެ ޓީމުތަކަށް ހަމަލާދީ މިހާތަނަށް 115 މީހުން ޝަހީދުކޮށްލާފައި ވާއިރު، 221 ނޫސްވެރިން ޝަހީދުކޮށްލާފައި ވެއެވެ.

ޣައްޒާގެ 39 ހޮސްޕިޓަލަކަށް ބޮންއަޅައި ހަލާކުކޮށްލާފައި ވާއިރު، 82 މެޑިކަލް ސެންޓަކަށް ބޮންއަޅާފައި ވާއިރު، ސިއްހީ ޚިދުމަތްދޭ 164 ތަނަކަށް ހަމަލާދީފައި ވެއެވެ.

144 އެމްބިއުލެންސް ގޮއްވާލާފައި ވާއިރު، ސިވިލް ޑިފެންސްގެ 54 ވެހިކަލަށް ހަމަލާދީ ހަލާކުކޮށްލާފައި ވެއެވެ. ސިއްހީ ޚިދުމަތްދޭ 1،580 މީހުން ޝަހީދުކޮށްލާފައި ވެއެވެ.

ހަމަލާތަކުގެ ސަބަބުން ދެމިލިއަނަށް ވުރެ ގިނަމީހުން މަގުމަތިވެފައި ވާއިރު، ތިންލައްކައަށްވުރެ ގިނަމީހުން މިހާރުވަނީ ގެދޮރު ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

ޙައްޖު 2025: 10ން 4 އަކަށް ޙައްޖުވެރިން ފޭލިގެތަކުގައި ތިބުމަށް އިލްތިމާސް ކޮށްފި

ދުޢާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން: ރައީސް

އުނގޫފާރު މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ

ELL Mobile Advertisement TTH_advertisement