ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ ތަރައްގީއަށް ސިންގަޕޫރުން ދެއްވާ އެހީތެރިކަމަށް ޚާރިޖީ ވަޒީރުގެ ޝުކުރު

Ttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttt
TTH_Ads
STO_Ads
Advertisement

ރާއްޖޭގެ ތަރައްގީއަށް ސިންގަޕޫރުން ދެއްވާ އެހީތެރިކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ޝުކުރު އަދާކުރައްވައިފިއެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ޤާއިމްކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރެއްވުމުގެ ގޮތުން ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު މިސްޓަރ ސޫ ކޮކް ލެންގ ގެ ބޭއްވެވި ހަލްފާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަބްދުﷲ ޚަލީލް މިއަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިހަފްލާގައި އެމަނިކުފާނުވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި ދިވެހިރާއްޖޭގެ ތަރައްގީއަށް ސިންގަޕޫރުން ދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. ހާއްސަގޮތެއްގައި ޕަބްލިކް އެޑްމިނިސްޓްރޭޝަން ރީފޯމް އާއި، މުއައްސަސާތައް ހަރުދަނާ ކުރުމަށާއި، ފަންނީ އެހީތެރިކަމާއި މީހުން ބިނާކުރުމުގައި ސިންގަޕޫރުން ދެއްވާ އެހީތެރިކަން މިނިސްޓަރ ޚަލީލް ފާހަގަ ކުރެއްވިއެވެ.

HajjCop_ads
MMA_Ads
Advertisement

މީގެ އިތުރުން، ރައީސުލްޖުމްހުރީއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ ދިވެހިރާއްޖެ އާއި ސިންގަޕޫރާއި ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުންކަމާއި، ވިޔަފާރިއާއި އިގްތިސާދީ ގުޅުން އިތުރުކުރުން ކަމުގައިވެސް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ހަފްލާ ބޭއްވެވި ކަމަށްޓަކައި ނޮން-ރެޒިޑެންޓް ސަފީރު މިސްޓަރ ސޫ ކޮކް ލެންގ އަށް ޝުކުރު އަދާކުރައްވާ އަދި ދެޤައުމުގެ ސިޔާސީ ގުޅުމުގެ ހާއްސަ މޭލުގާއަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސައިބަރ ކުށްތަކާ ދެކޮޅު މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި

dr khaleel

ޑރ.ޙަލީލް ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް

ހާރިޖީ ވަޒީރު އިންޑިއާއަށް ފުރާވަޑައިގެންފި