ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަގާމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހު އައްޔަން ކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނޫރައިން އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށެވެ.

ނޫރައިން މީގެ ކުރިން ހުންނެވީ އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުގައެވެ. އެ މަގާމަށް އޭނާ އައްޔަން ކުރައްވާފައިވަނީ 27 ޑިސެމްބަރު 2023 ގައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ 21 މޭ 2024 ގަ އެވެ.

ނޫރައިންއަކީ ރައީސް މުހައްމަދު މުއިއްޒަށް ޓްރޭޑް އަދި އިންވެސްޓްމަންޓާ ގުޅޭ ގޮތުން ލަފާއެރުވުމަށް ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް ގެ މަގާމަށް އައްޔަންކުރައްވައިފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ.

ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ ނިއުޒިލެންޑްގައި އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް އަދާކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

macl velana airport

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

FB IMG

އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް “ވެލާނާ އެވޯޑްސް” ދީފި

އެއާޕޯޓަށް ލިބޭ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއް: ޝަރީފް