ކުއްލި ޚަބަރު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފި

ގައުމީ ސިއްހީ ލެބް ހަދަން ޖަރުމަންގެ ކުންފުންޏަކާ ހަވާލުކޮށްފި

ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުވެވޭގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފާތަކެތި ބޭނުންނުކުރަން ނިންމައިފި

Mmmmmmmmmmmmmmmmmmmmmmmmmmmmmmmmmm

މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް އެ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އެ ގޮތަށް ނިންމީ ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން، މިއަދު އެ ކައުންސިލްއިން ބޭއްވި ހަތަރު ވަނަ ދައުރުގެ 196 ވަނަ އާންމު ޖަލްސާގައި ކުރި މަޝްވަރާއަށް ފަހުއެވެ.

އެ ޖަލްސާގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އެއްވެސް ހަފުލާއެއްގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށެވެ.

މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ އިންސާނުންގެ ސިއްހަތަށް ބަލާއިރު ދުފުމަކީ ވެސް ގެއްލުން ހުރި ކަމެއް ކަމަށާއި ދުނިޔޭގެ ސިއްހީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދުގެ މަތިން، އެންމެންގެ ރައްކަލަކަށް ޓަކައި، ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ކައުންސިލްގެ ހަފްލާތަކުގައި ބޭނުން ނުކުރުމަށް ތާއީދުކުރައްވާ ކަަމަށެވެ.

އާސަންދައިން ޝާއިއުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކެންސަރު ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ބޭސްފަރުވާގެ ހިދުމަތް ހޯދާ ބަލިކަން މާލެ ސިޓީ ކައުންސިލްއިން ފާހަގަކުރެއެވެ.

އެހެންކަމުން ކެންސަރަކީ ސިއްހީ ގޮތުން ކުރިމަތިވާ މައްސަލަތަކުގެ އިތުރުން، އިގުތިސާދީ ގޮތުން ވެސް ގިނަ ފައިސާތަކެއް ހަރަދުކުރަން ޖެހޭ ކަމަކަށް ވާތީ އެކަން ހުއްޓުވުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭކަން ވެސް މާލެ ސިޓީ ކައުންސިލްއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަރުމަދު
ވަރަށް ރަނގަޅު ނިންމުމެއް އަދިވެސް އެބައޮތް ރަނގަޅު ކަމެއް ނަމާދު ވަގުތާ ދިމާ ވާ ހިތަށް މިހާރު ބައްދަލުންތައް ބާއްވާ ކަމަށް ވަންޏާމު އެކަން ބަދަލު ކުރުން

ގުޅުންހުރި

މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

male city

ގޭގެ ނަންބޯޑު ފެންނަގޮތަށް ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި

1234

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

Mal

މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ނިޒާމެއް ތަޢާރަފުކޮށްފި

TTH_advertisement