ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ ގިނައިން ރިޕޯޓްކުރަމުންދަނީ ކޯވިޑް-19 އާއި އިންފުލުއެންޒާގެ ކޭސްތައް: އެޗްޕީއޭ

މި ދުވަސްވަރު ފެތުރެމުންދާ އަރިދަފުސް ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކުރަނީ ކޯވިޑް-19 އާއި އިންފުލުއެންޒާގެ ކޭސްތައްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވަނީ، މިދިޔަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ރިޕޯޓްކޮށްފައިވާ އާންމު ބަލިތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އަރިދަފުސް ރޯގާގެ 43882 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 36047 ކޭސްއެވެ. ހަމަ މިއާއެކު، މިއަހަރުގެ މިހާތަނަށް 254 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކޮށްފައިވަނީ 50 ކޭސްއެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ކޯވިޑް ޖެހިގެން 38 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރިޕޯޓްކޮށްފައިވަނީ 37 ކޭސްއެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވިދާޅުވީ، ޑެންގީ ހުމަށް ބަލާއިރު މިދިޔަ އަހަރަށް ވުރެ މިއަހަރު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ ޢަދަދު މަދު ކަމަށެވެ. އެގޮތުން، މިއަހަރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ، ކ އަދި އއ އަތޮޅުންކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

ރާއްޖޭގައި މި ވަގުތު ފެތުރެމުންދާ އެކިއެކި ރޯގާތަކުން ސަލާމަތްވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

333434 d3125933 0

އާދަޔާ ޚިލާފަށް ހޫނުވާތީ މާބަނޑު މީހުންނާއި ތުއްތު ކުދިން ސަމާލުވާން އެދިއްޖެ

health ministry

މެލޭޝިއާގައި ޓީބީ ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖޭގައި ރިސްކް އެސެސްމަންޓެއް ހަދަން ފަށައިފި

66

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ކަމުގެ މަގާމަށް މީހަކު ހޯދަނީ

Amaan

ސަމާލުވޭ، ކުރިއަށް އޮތް ދެ ދުވަހު ވެސް މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް ވައިނުސާފުވާނެ