ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

398339 0d4fe684 0

ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވުޒާރާއިން، ހުސްވެފައިވާ ފޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދެވިފައިވަނީ މިހާރު އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި ތިއްބެވި އޮފިސަރުންނަށެވެ.

އެ ވުޒާރާއިން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖޫން 2 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ޝައުގުވެރިވާ ފަރާތްތަކުން މި މުއްދަތުގެ ތެރޭގައި އެކަމަށް އެދި ހުށަހަޅަންވާނެއެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ފޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވޭނީ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލުކަން ވަޒަންކުރުވަޒަންކުރުމަށްފަހުގައެވެ. މި ޕްރޮސެސް ނިމުމުން، ޕޮލިސް ބޯޑުން ހޮވާލެވޭ ނަންތައް ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވުޒާރާއަށް ހުށަހަޅާނެއެވެ. އޭގެފަހުން، ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ މުއިޒު އިބްރާހީމް ވަނީ ފޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނެއެވެ.

މި މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު ވަނީ ފުލުހުންގެ ޚިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވާފައެވެ. ޝުޖާއު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެވުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

K Kalo
Thi magaam Neelam kiyanvee ehnu

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ