ކުއްލި ޚަބަރު

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ތައިލޭންޑްގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ސިވިލް ސޮސައިޓީ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

Aswaaa

ސިވިލް ސޮސައިޓީ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއީ ޖަމްޢިއްޔާތަކުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކުން ރާއްޖޭގެ މުޖްތަމަޢު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެޖަމްޢިއްޔާތަކުގެ އަގުވަޒަން ކުރުމުގެގޮތުން ދިނުމަށް ކަނޑައެޅިފައިވާ އިނާމެއް ކަމަށެވެ.

އެ ވުޒާރާއިން ބުނީ މި އިނާމުގެ ސަބަބުން ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ކަމަށާއި، މި އިނާމަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްޢިއްޔާއެއް ނިސްބަތްވާ މުޖްތަމަޢުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްޢިއްޔާ ތަކަށް ދެވޭ އިނާމެއް ކަމަށެވެ.

މިގޮތުން މަދަނީ ޖަމްޢިއްޔާތަކުގެ އިނާމް ލިބޭފަރާތްތަކަށް ޚާއްޞަ އެވޯޑާއި، ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

އެހެންކަމުން ސިވިލް ސޮސައިޓީ އެވޯޑަށް ނަން ހުށަހެޅުމަށް ޝައުޤުވެރިވާ ޖަމްޢިއްޔާތަކުން، 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެ ވުޒާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

މީޑިއާތައް ބާރުވެރިކުރުވުމަށް 27.29 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި

ޒުވާނުންގެ ޤައުމީ ކޮންފަރެންސް ފަށައިފި

ސިވިލް ސޮސައިޓީ އެވޯޑް ހަތް ޖަމިއްޔާއަކަށް ދީފި

Dd

ނޫސްވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ މުހިއްމު ފަހުމުނާމާއެއްގައި ސޮއިކޮށްފި

TTH_advertisement