ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް އަޒްމީ އާއި ޝަފީއު

Baaa

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް އިންތިހާބު ބާއްވާ، އެ ކޮމެޓީއަށް މުޙައްމަދު އަޒުމީ އަދި މުހައްމަދު ޝަފީއު އިންތިހާބުކޮށްފިއެވެ.

14 ޖުލައި 2025 ގައި ބާ ކައުންސިލުގެ ހިނގަމުންދާ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސާއި 4 މެންބަރުންގެ ދައުރު ހަމަވާނެއެވެ. ރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ކުރި އިއުލާނާއެކު މަގާމުތަކަށް ޝަރުތު ފުރިހަމަވާ ދެ ކެނޑިޑޭޓުންނާއެކު ފެންނަ ނުފެންނަ ވޯޓަކުން އެގްޒެކެޓިވް ކޮމިޓީއަށް ހޮވުމަށްޓަކައި އިންތިހާބު ބޭއްވީ މިމަހުގެ 26ގައެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ 1078 ޤާނޫނީ ވަކީލުންނެވެ. ވޯޓުގެ އަޣުލަބިއްޔަތުން އަޒްމީ އާއި ޝަފީއު ކޮމެޓީއަށް އިންތިހާބުވިއިރު، އަޒްމީއަށް 132 ވޯޓު، ޝަފީއުއަށް 270 ވޯޓު ލިބިފައި ވެއެވެ.

އެގްޒެކެޓިވް ކޮމިޓީއަށް ނައިބު ރައީސް އަދި އިތުރު ދެ މެންބަރުން ހޮވުމަށްޓަކައި މިއަދު އިއުލާނުކުރުމަށް ބާ ކައުންސިލުން ވަނީ ނިންމާފައެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖޫން 15 ދުވަހުގެ 15:00ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިހާތަނަށް 641 ފަރާތަކުން ބާ ކައުންސިލުގެ އިމްތިޙާނު ފުރިހަމަކޮށްފި

112

ގާނޫނީ ވަކީލަކަށް ހެދިގެން އުޅުނު މީހެއްގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފި

Shameel

ބާ ކައުންސިލްގެ ނައިބު ރައީސަކަށް ޝަމީލް

Zunna

ޒުންނަވާރާއި މެހެނާޒް ގާނޫނީ މަސައްކަތްތައް ކުރުމުން ސަސްޕެންޑުކޮށްފި

TTH_advertisement