ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ތާރީޚީ ދުވަހެއް، ފުރަތަމަ ފަހަރަށް ގައުމީ އެއަރލައިންގައި ދިވެހިން ހައްޖަށް ފުރައިފި!

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ދިވެހި ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ފުރުމުގެ މަތިވެރި ފުރުޞަތު ލިބިގެން ގޮސްފިއެވެ.

ޤައުމީ އެއަރލައިންގެ އުދުހުމެއްގައި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ދަތުރު ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. މި އުދުހުމުގައި 255 ޙައްޖުވެރިން ބައިވެރިވެފައިވާއިރު، ޖިއްދާ އެއަރޕޯޓަށް ޖައްސާނެ ކަމަށް ލަފާކުރެވެނީ ޖިއްދާ ގަޑިން މިއަދު 11:00 އަށެވެ. އެއީ ދިވެހިރާއްޖޭގެ ގަޑިން މެންދުރު 2:00 އެވެ.

މިއަދުގެ އިތުރުން، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ހަމަޖަމަޖެހިފައިވެއެވެ. ހުކުރު ދުވަހު ފުރާ ޙައްޖުވެރިންވެސް ދަތުރުކުރާނީ ޤައުމީ އެއަރލައިންގައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ޢަލީ ސަޢީދު ހާމަކުރެއްވި ގޮތުގައި، މި އަހަރު ޙައްޖުވެރިންގެ 50 އިންސައްތަ އުފުލާނީ ޤައުމީ އެއަރލައިންގައެވެ.

ކުރީގެ އަހަރުތަކެކޭ އެއްފަދައިން، މި އަހަރުވެސް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. މިގޮތުން، މާލެ އާއި ހުޅުމާލެއިން ބަހުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. އަދި މާލޭގައި ހުންނަ ހުޅުލޭ ފެރީ ޓާމިނަލުން ވެސް އެއަރޕޯޓަށް ދެވޭނެ މަގު ފަހިކޮށްދީފައިވެއެވެ.

މީގެ އިތުރުން، މި އަހަރު ޙައްޖުވެރިންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ވަނީ “މައްކާ ރޫޓު އިނިޝިއޭޓިވް” ގައި ރާއްޖެ ބައިވެރިކޮށްފައެވެ. މި އިނިޝިއޭޓިވްގެ ސަބަބުން، ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާ ދިވެހި ޙައްޖުވެރިންނަށް އެއަރޕޯޓުގައި މަޑުކުރައްވަން ނުޖެހި ސީދާ މައްކާއަށް ވަޑައިގަތުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި އެއަރޕޯޓުން ޙައްޖުވެރިންގެ ތަކެތިވެސް ސީދާ ހޮޓަލަށް ގެންދެވޭނެއެވެ.

މި އިނިޝިއޭޓިވްގެ ދަށުން، ދިވެހި ޙައްޖުވެރިން މައްކާއަށް ފުރާނީ ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ އެންމެހައި މަރުޙަލާތައް ފުރިހަމަކުރެއްވުމަށްފަހުގައެވެ.

މި ޚާއްޞަ ޚިދުމަތް ދިވެހިންނަށް ލިބިފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ބޮޑުވަޒީރު، ޚާދިމުލް ޙަރަމައިން އައްޝައްޝަރީފައިން، އަލްމަލިކް ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ އިރުޝާދުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މއގދހދހދހ
ކުރީގެ އެއަރމޯލްޑިވްސް އެއީ ޤައުމީ އެއަރލައިނެއްނޫންތަ؟

ގުޅުންހުރި

maldivian

މޯލްޑިވިއަނުން ށ.ފުނަދޫއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

Main 20251116 165502

ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލަންސް ޚިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މާފަރު އެއަރޕޯޓު ޓަރމިނަލް ބޮޑު ކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ޙަވާލުކޮށްފި

Maldivian

މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް އަލުން ފަށަނީ

TTH_advertisement