ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

36 އަހަރު ދިގުއިންތިޒާރަކަށް ފަހު ފުރަތަމަ ފަހަރަށް އޭދަފުށިން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓް ނެރެފި

ބިމުގެ ދަތިކަން ބޮޑު ބ. އޭދަފުށިން ގޯތި ދޫނުކުރާތާ 36 އަހަރުން ފަހުން، ފުރަތަމަ ފަހަރަށް އެރަށުން ދޫކުރާ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާނުކުރުމާއެކު އެރަށު ރައްޔިތުންނަށް އުއްމީދެއް ލިބިއްޖެއެވެ.

އޭދަފުށީ ކައުންސިލުން އިއްޔެ ވަނީ، އެރަށުގައި ހިއްކާފައިވާ ސަރަހައްދުން ދޫކުރާ ގޯތި ލިބޭ ދާއިމީ ލިސްޓު ގެޒެޓުކޮށްފައެެވެ. އޭދަފުށީ ކައުންސިލުން ބުނީ ޕޮއިންޓް ލިބިފައިވާ ގޮތަށް ބަލައި 183 މީހަކު ދާއިމީ ލިސްޓުގައި ހިމަނާފައިވާނެ ކަމަށެވެ.

އޭދަފުށީ ކައުންސިލުން ވަނީ މީގެކުރިން ވެސް ދާއިމީ ލިސްޓު ނެރެފައެވެ. އެހެންނަމަވެސް، އާއްމުންގެ ޝަކުވާތަކަށް ފަހު އެ ލިސްޓު ވަނީ އަލުން ރިވިއުކޮށްފައެވެ. އެގޮތުން، އަލަށް އާއްމުކުރި ލިސްޓުގައި ކުރިން ގޯތި ލިބުނު ހަތަރު މީހެއްގެ ނަން ވަނީ އުނިކޮށްފައެވެ. އެމީހުންގެ ޝަރުތު ހަމަނުވާތީ އެ ޖާގަތައް ވަނީ އިތުރު ހަތަރު މީހަކަށް ދީފައެވެ.

އޭދަފުށީ ކައުންސިލުން ބުނީ ދެން އޮންނާނީ ގޯތި ލިބުނު މީހުންގެ މެދުގައި ގުރުނެގުމާއި ގޯތި ލިބޭ ތަން ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ.

އޭދަފުށީ ހިއްކި ބިމުން ދޫކުރަން ހަމަޖެހިފައިވާ ގޯތިތަކުގެ ބޮޑުމިނަކީ 1،200 އަކަފޫޓެވެ.

އާބާދީގައި 3،500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އޭދަފުށިން އެންމެ ފަހުން ގޯތި ދޫކުރީ މީގެ 36 އަހަރު ކުރިން 1989 ވަނަ އަހަރުއެވެ. އެ އަހަރު 659 ގޯތި ދޫކޮށްފައިވެއެވެ. އޭގެފަހުން އެރަށުން ގޯތި ދޫނުކުރެވުނީ ބިމުގެ ދަތިކަމުގެ ސަބަބުންނެވެ.

އޭދަފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް އެރަށުގެ ބިން ހިއްކީ 2014 ވަނަ އަހަރުއެވެ. އެހެންނަމަވެސް މިދިޔަ 11 އަހަރު އެރަށު ހިއްކި ބިމުން ގޯތި ދޫނުކުރާތީ އާއްމުންގެ ހިތްހަމަނުޖެހުން ބޮޑުވިއެވެ.

އޭދަފުށިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާނު ކުރިއިރު، ސަރުކާރުން އަންނަނީ އެރަށުގައި 1،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން އެރަށުގައި އެޅުމަށް ހަމަޖެހިފައިވަނީ 15 ބުރީގެ 12 ޓަވަރެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement