ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަން ކުރައްވައިފި

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ރަޝީދު އަވަހާރަވެއްޖެ

މައްކާއިން މަދީނާއަށް، ހައިސްޕީޑް ރޭލުގައި ދަތުރުގެ ވަގުތު 10 ގަޑިން 2 ގަޑިއިރަށް ކުރުވާނެ: ޝަކީލް

މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް އިތުރު ލުއިފަސޭހަކަމެއްގެ ގޮތުގައި، މައްކާއިން މަދީނާއަށް ދަތުރުކުރުމަށް ހައިސްޕީޑް ރޭލުގެ ޚިދުމަތް ތަޢާރަފުކުރެވިގެންދާނެ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝަކީލް ހާމަކުރައްވައިފިއެވެ.

މި އައު ޚިދުމަތުގެ ސަބަބުން، ކުރިން 8 އިން 10 ގަޑިއިރާ ހަމައަށް ދިގުދެމިގެންދިޔަ ދަތުރުދަތުރު، މިހާރު އެންމެ 2 ގަޑިއިރަށް ކުރުވެގެންދާނެއެވެ. މިއީ ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު، ޙައްޖުވެރިންނަށް ލިބިގެންދާނެ ފާހަގަކޮށްލެވޭ ލުޔެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތުގައި މިކަން އިޢުލާންކުރެއްވުމާ ގުޅިގެން، ޙައްޖު ކޯޕަރޭޝަނުން ވަނީ މި ޚިދުމަތް ތަންފީޒުކުރުމުގެ މަސައްކަތް ފަށައިގަނެފައެވެ. މީގެ ތެރޭގައި ޙައްޖުވެރިންގެ މަޢުލޫމާތު ސިސްޓަމަށް އެޅުމާއި ޓިކެޓް ގަތުމުގެ އިންތިޒާމުތައް ހިމެނެއެވެ.

މީގެ އިތުރުން، މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދިނުމަށް ސަރުކާރުން ވަނީ އެހެނިހެން ފިޔަވަޅުތަކެއްވެސް އަޅުއްވާފައެވެ. މީގެ ތެރޭގައި މިނާގެ ފޭލިގެތަކުގައި ދިވެހި ޙައްޖުވެރިން “ބީ” ކެޓަގަރީގައި ބައިތިއްބުމާއި، ޙައްޖުވެރިން ތިބޭ ހޮޓަލުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލިނިކެއް ޤާއިމްކުރުން ހިމެނެއެވެ.

މި އިންތިޒާމުތަކަކީ ދިވެހި ޙައްޖުވެރިންގެ ދަތުރު އިތުރަށް ފަސޭހަކޮށްދީ، އެ ބޭފުޅުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭނެ ކަންކަން ކަމުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

Ihsaan

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ފަހިކޮށް އޮތް މާހައުލު ނައްތާލާނަން: އިޙްސާން

Big y8ixuorksw3g9xukl9jgvt0si 864x576

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

ޤައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު ރާއްޖެއިން އިފްތިތާހުކޮށްފި

TTH_advertisement ELL Mobile Advertisement