ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ވަޒީފާއަށް ނުގޮސް މުސާރަ ނެގި މައްސަލައެއް ޕީޖީއަށް ފޮނުވައިފި

Acc

ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގާފައިވާ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ބުނީ އެ މައްސަލައިގައި ދައުވާކުރަން ޕީޖީއަށް ފޮނުވީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ، މުންޑޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި އޭރު ހުރި އާލީ އާދަމް (ހިޔާވެހި / ލ. މުންޑޫ) ގެ މައްޗަށް ކަމަށްވެސް ބުނެފައިވެއެވެ.

ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އާ އެއްގޮތަށް ވަޒީފާއިން ވަކިނުކޮށް، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި ހިމަނައި، ހުއްދަދިން ފަރާތެއްގެ ހައިސިއްޔަތުން އަލީ އާދަމް ސޮއިކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.

މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ދައުލަތަށް ޖުމުލަ 28,317.99 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ވެއެވެ.

މި ފައިސާ އަނބުރާ ހޯދުމަށް އޭސީސީން ވަނީ ލ. މުންޑޫ ސްކޫލަށް އަންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Yamin

ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގެ އަޑުއެހުން އާދީއްތަ ދުވަހު

Izaam

ޝަމާޙުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ACC

އިންތިޚާބާ ދިމާކޮށް ކައުންސިލްގެ ވަސީލަތްތަކާއި މަޤާމުގެ ނުފޫޒު ބޭނުންކުރާކަން ފާހަގަކުރެވިފައިވޭ: އޭސީސީ

ފެނަކަ ކޮރަޕްޝަންގެ މައްސަލާގައި އޭސީސީއާއެކު މަސައްކަތްކުރަން މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން ނިންމައިފި

TTH_advertisement