ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެނޭޖްމެންޓަށް ގެންނެވި ބަދަލާއި އެކު މިހާރު އެޗްޑީސީން ހެޔޮ ބަދަލު އެބަފެނޭ: ރައީސް

މަގާމުތަކަށް ބަދަލު ގެންނަވަނީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ދެފުށް ފެންނަކަން ކަށަވަރުކުރެއްވުމަށް ކަމަށާއި، އެ ސިޔާސަތުގެ ދަށުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖްމެންޓަށް ގެންނެވި ބަދަލުގެ ހެޔޮ ބަދަލު މިހާރު ފެންނަމުންދާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ހުޅުމާލެ ރިވައިޒްޑް މާސްޓަރ ޕްލޭން އިފްތިތާހުކުރުމަށް މިއަދު ފޭސް 2 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ. އެ ޕްލޭން އެކުލަވާލާފައިވަނީ، ރައީސް ސިފަކުރެއްވި ގޮތުގައި ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގެ ދިރިއުޅުމުގެ ފުުރުސަތުތަކެއް މަގުފަހިވާނެ ގޮތަކަށެވެ. އަދި އެކަމަށްޓަކައި ހުޅުމާލޭގެ ބެލެނިވެރިފަރާތް ކަމަށްވާ އެޗްޑީސީގެ މެނޭޖްމެންޓަށާއި މުވައްޒަފުންނަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ.

މިދިޔަ ޑިސެމްބަރު މަހު އޭރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ރަޝީދު މަގާމުން އިސްތިއުފާދެއްވުމާއެކު އެ މަގާމަށް ވަނީ ހުޅުމާލެ ފުރަތަމަ ޕްލޭންކޮށް އެތަން ހިއްކަން ފެށި ދުވަސްވަރުން ފެށިގެން އިސްދައުރެއް އަދާކުރެއްވި މަޝްހޫރު އާކިޓެކްޓް، މަޢުރޫފް ޖަމީލް އައްޔަނުކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ މަގާމުތަކަށް، ނުވަތަ ކުންފުނިތައް ހިންގަމުންދާ ގޮތަށް ބަދަލު ގެންނަވަނީ ‘ގުޑް ގަވަނެންސް’ ކަށަވަރުކުރެއްވުމަށް ކަމަށެވެ. އަދި އެޗްޑީސީއަށް ގެންނެވި އެ ބަދަލުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުން ދާކަމަށް ރައީސް ވިދާޅުވި އެވެ.

“އަޅުގަނޑު ސަރުކާރު ކުންފުނިތައް ހިންގުމުގެ ނިޒާމަށް ނުވަތަ ހިންގުމަށް އެކި ބަދަލުތައް އެބަ ގެންނަން. ހިންގާ ބޭފުޅުން އެބަ ބަދަލުކުރަން. ނޫނިއްޔާ ޓިމަށް އެބަ ބަދަލުތައް ގެންނަން. ބޭނުމަކީ ގުޑް ގަވަނެންސް އެންޝުއާ ކުރުން. ޓްރާންސްޕޭރެންސީ ޔަގީންކުރުން. ދެފުށް ފެންނަ ކޮރަޕްޝަން ނައްތާލެވިފައިވާ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުންފުނިތައް ހިންގުން ޔަގީންކުރުން. އޭގެ ފުރިހަމަކަން ނޫނީ އޭގެ ފައިދާ އިރާދަކުރެއްވީތީ އެޗްޑީސީން މިހާރު މިވަނީ ފެންނަން ފަށާފަ.” ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތައް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް، ކޮރަޕްޝަނާއި ދުރުން ހިންގުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި ކޮރަޕްޝަން ފަދަ ކަންކަމަށް އެއްވެސް ހާލަތެއްގައި ފުރުސަތު ނުދެއްވާނެ ކަމަށާއި އެމަގުން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

“އެހެންވީމާ ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން އަޅުގަނޑު އެދެނީ މިކަމުގައި އަތުކުރި އޮޅާލައިގެން ބުރަ މަސައްކަތްތަކެއް ކުރަން. އަޅުގަނޑުމެެންގެ ނިޒާމު ހިންގުމުގެ ނިޒާމު، ވެރިކަމުގެ ނިޒާމު ކުންފުނިތައް ހިންގުމުގެ ނިޒާމު މި ދެންނެވި ވަބާއިން ސަލާމަތްކުރެވުނު ވަރަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ރަނގަޅުވާނީ.” ރައީސް ވިދާޅުވި އެވެ.

މިއަދު އިފްތިތާހުކުރި މާސްޓަރ ޕްލޭނަކީ ރައީސް ސިފަކުރެއްވި ގޮތުގައި، ދުރުރާސްތާއަށް ވިސްނިގެން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީންކުރެވިގެންދާ ޕްލޭނެެކެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މި ޕްލޭނާ އެއްގޮތަށް ހުޅުމާލޭ ތަރައްގީކުރެވިއްޖެ ނަމަ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ 3 ލައްކައެއްހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމުގެ ފުރުސަތުތަކެއް ހޯދައިދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru namaadu

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއް: ޚުޠުބާ

MD Shakeel

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މިހާތަނަށް ދެކޮޅު ހަދާފައިވަނީ ހަމައެކަނި އެމްޑީޕީން: ޝަކީލް

މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތާއި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތް ފަށައިފި

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ދެން ބައިވެރިވެވޭނީ ފަރުދީ ގޮތުން އެކަނި