ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ ކޮމާޝަލް ހާބަރު މުވައްޒަފުންނަށް އޯއެޗްއެސް ރިސްކް މެނޭޖްމަންޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މާލޭ ކޮމާޝަލް ހާބަރުގައައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ނުރައްކާތެރި ހާލަތްތައް ދެނެގަތުމާއި އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ (އޯއެޗްއެސް) ރިސްކް މެނޭޖްމަންޓް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ތަމްރީން ޕްރޮގްރާމަކީ 19 އިން 22 މެއި 2025 އަށް ކުރިއަށްގެންދެވުނު އިންޑަކްޝަން ސެޝަންތަކުގެ ޢަމަލީ މަރުހަލާއެވެ. މި ތަމްރީން ޕްރޮގްރާމުގައި އޮޕަރޭޝަންސް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެފައިވާކަމަށް އެމްޕީއެލްއިން ހާމަކޮށްފައިވެއެވެ.

އެމްޕީއެލްގެ ހެލްތް އެންޑް ސޭފްޓީ ޑިޕާޓްމަންޓުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތައް ދެނެގަތުމާއި، އެފަދަ ހާދިސާތައް ހިނގުމަށް މެދުވެރިވެދާނެ އަސްލު ސަބަބުތަކާއި، އެކަންކަމަށް މަގުފަހިވާ ކަންތައްތައް ދެނެގަތުމަށް އަމާޒުކޮށް ޚާއްސަ މަޝްވަރާތަކެއް ކުރެވުނުކަމަށް އެމްޕީއެލުން ބުނެފައި ވެއެވެ.

“މި ތަމްރީން ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންނަށް ދިމާވެދާނެ ނުރައްކާތެރި ހާލަތްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމެވެ،”

މި ތަމްރީން ޕްރޮގްރާމަކީ އެމްޕީއެލްއިން މުވައްޒަފުންގެ ރައްކާތެރިކަމަށް ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއްކަމަށް ބެލެވެއެވެ. މާލޭ ކޮމާޝަލް ހާބަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްޕީއެލްއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި