ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ގައިދީންގެ ހުނަރު ދައްކާލައިފި

Kkkkkkkkkkdffffffff

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ޤައިދީންނާއި ޕްރިޒަން އޮފިސަރުންގެ ހުނަރުތައް ދައްކާލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ހުނަރާއި މަސައްކަތްތައް ދައްކާލައިފާ ވަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) މެދުވެރިކޮށެވެ.

އެގޮތުން މި މައުރަޒުގައި ބައިވެރިކުރި އައިޓަމްތަކުގެ ތެރޭގައި 21 ޤައިދީންގެ 16 އައިޓަމް އާއި ހަތަރު އޮފިސަރުންގެ ހަތަރު އައިޓަމް ހިނެ އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒުގައި ޤައިދީންގެ އައިޓަމްތައް ބައިވެރިކުރުމުގެ މަގްސަދަކީ ޤައިދީންނަށް އެމީހުންގެ ހުނަރުތައް މުޖްތަމަޢުއަށް ދައްކާލުމަށް ފުރުސަތުތައް ހޯދައިދިނުމާއި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން އެފާރާތްތަކަށް ދަސްކޮށްދޭ މަސައްކަތްތަކުން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށް އެމްސީއެސް އިން ބުނެއެވެ.

 

މި މައުރަޒުގައި އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ބައިވެރިވި ޤައިދީންގެ ތެރެއިން ތިން ޤައިދީއަކަށް މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތު ރޭ ދީފައިވާ ކަމަށާއި އަދި މައުރަޒު ކުރިއަށްދާއިރު އިތުރު ޤައިދީންނަށް މި ފުރުސަތު ދެވޭނެ ކަމަށްވެސް އެމްސީއެސް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމަށް އެއްބަސްވުމެއް

މަސައްކަތްކުރާ ގައިދީންނަށް ދޭ އެލަވަންސް 25 އަހަރަށްފަހު ބޮޑުކޮށްފި

ޚިޔާނާތުގެ ތުހުމަތު ކުރެވުނު އޭސީޕީ އާސިފް ކަރެކްޝަނުން ވަކިކޮށްފި

އިޞްލާޙީ މަރުކަޒުތަކުގެ ޤަވާއިދު އާންމުކޮށްފި