ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކެންދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއު ނިންމައި، ކޮމިޝަންކޮށްފި

މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބ. ކެންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢު ފުރިހަމަކޮށް ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު އިޢުލާނުކުރި ގޮތުގައި، ކޮންސްޓްރަކްޝަން މިނިސްޓްރީ، ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިޔުއެސްސީގެ އިސް ވެރިން އެ ރަށަށް ޒިޔާރަތްކޮށް، އެ ބޭފުޅުންގެ ހާޒިރުގައި ކެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި ކޮމިޝަން ކުރެވިފައިވެއެވެ.

ކެންދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން އަންނަނިވި މަސައްކަތްތައް ވަނީ ފުރިހަމަކުރެވިފައެވެ:

ފެން ޕްލާންޓް ބެހެއްޓުމަށް ޚާއްޞަ އިމާރާތެއް ޤާއިމުކުރުން
ފެނުގެ މައި ނެޓްވޯކް އެޅުން
ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅުން
ފެން އުފެއްދުމަށް ފެން ޕްލާންޓް ބެހެއްޓުމާއި ބޯހޯލް ތޮރުފުން
ރިޖެކްޓް ލައިން އެޅުމާއި ފެން ރައްކާކުރުމަށް ފެންތާނގީ ބެހެއްޓުން
ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން އަންނަނިވި މަސައްކަތްތައް ވަނީ ނިންމާލެވިފައެވެ:

ނަރުދަމާގެ މައި ނެޓްވޯކާއި ޕަމްޕިންގ ލައިން އެޅުން
ޕަމްޕިންގ ސްޓޭޝަން ޤާއިމުކުރުން
ސީ އައުޓްފްލޯ އެޅުން
ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ކަނެކްޝަން ގުޅުން
މީގެ އިތުރުން، ފެން ތަޙްލީލުކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާގެ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލްވެސް ވަނީ ފޯރުކޮށްދެވިފައެވެ.

މި މަޝްރޫޢަކީ 56.24 މިލިއަން ރުފިޔާއަށް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދެވުނު މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީ.ޕޯރޓަލް އަދި އެޕް މެދުވެރިކޮށް ފެން ބިލަށް ފައިސާ ދައްކާގެން މިފަހަރުވެސް ޢުމްރާ ދަތުރެއް

“އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ” މި އަހަރުވެސް އިފްތާރް މީލް ޕެކް ބަހަނީ

66

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

މާފުށީގައި އައު ނަރުދަމާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި