ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަނީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ތައްޔާރީތައް މިހާރު ވަނީ ފެށިފައެވެ. މި އިންތިޚާބަކީ ރާއްޖޭގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބު ކަމުގައިވާތީ، މިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ކޮމިޝަނުން މަސައްކަތް ކުރަމުންދާކދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންތިޚާބާ ގުޅޭ ޤާނޫނީ އަދި އިދާރީ އޮނިގަނޑު ހަރުދަނާކުރުމުގެ ގޮތުން، އިންތިޚާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ޒާހިދު ހާމަކުރެއްވިއެވެ.

އިންތިޚާބުގެ ތައްޔާރީތަކުގައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި އިންތިޚާބީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާނެ އެކަށީގެންވާ އިމާރާތެއް ހޯދުމުގެ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން، އިންތިޚާބުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އެކި ގޮތްތައް ދިރާސާކުރަމުންދާކަމަށާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އިންތިޚާބުގެ އެކިއެކި މަރުޙަލާތައް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވޯޓުލުމާއި ވޯޓު ގުނުން ފިޔަވައި އިންތިޚާބުގެ އެހެނިހެން ކަންކަން ޑިޖިޓަލްކޮށް، ރައްޔިތުންނަށް ފަސޭހަވާނެ ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށާއި، ސިޔާސީ ޕާޓީތަކާ ގުޅިގެން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

455101 96bdb636 d

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

Election

އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ބާކީ އެއް ދުވަސް، އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ!

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

Qw

ކައުންސިލް އިންތިޚާބަށް އޮފިޝަލުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި