ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ޤައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި ރާއްޖެއިން ދެމިއޮންނާނެ: ޑރ. ޢަބްދުﷲ ޚަލީލް

ޤައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށާއި އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރަހައްދީ ޤައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ގޮވާލައްވައިފިއެވެ.

ވަޒީރު މިކަމަށް ގޮވާލެއްވީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން، އައިއޯއާރުއޭގެ 24ވަނަ ވަޒީރުންގެ ބައްދަލުވުމުގައި ދެއްވި ސްޓޭޓްމަންޓެއްގައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ “ސަސްޓެއިނަބަލް އިންޑިއަން އޯޝަން ފޮރ ފިއުޗަރ ޖެނެރޭޝަންސް” ތީމަށެވެ. މިބައްދަލުވުން ކުރިއަށްދިޔައީ އޮންލައިންކޮށެވެ.

އައިއޯއާރުއޭގެ ބައްދަލުވުމަށް ދެއްވި ސްޓޭޓްމަންޓްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ސަރަހައްދީ ޤައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އަދި ޤައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މި ބައްދަލުވުމުގައި އައިއޯއާރުއޭގެ 23 މެންބަރު ޤައުމު ބައިވެރިވިއެވެ.

އައިއޯއާރުއޭއަކީ އިންޑިޔާ ކަނޑުގައި ހިމެނޭ ސަރަހައްދުގައި އޮންނަ ޤައުމުތައް ގުޅިގެން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމަށް 1997 ވަނަ އަހަރު އުފެއްދި ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެކެވެ.

އައިއޯއާރުއޭގެ މެންބަރު ޤައުމަކަށް ރާއްޖެވީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

55

އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެންނަން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

dr khaleel

ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ބެލްޖިއަމް އަށް ފުރާވަޑައިގެންފި

ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިޞްރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

dr abdulla khaleel

ވާޖިބަށް ހުރަސްއެޅުމުންވެސް ފުލުހުން އަމަލުކުރީ ގާނޫނީ އިމުގެ ތެރެއިން: ޑރ.ހަލީލު

TTH_advertisement