ކުއްލި ޚަބަރު

ޣައްޒާގެ ރަށްތަކުން އާންމުން ގަދަކަމުން ބޭރުކުރަން ފަށައިފި، ދެކޮޅުހަދާ އެންމެންނަށް މަރު!

ހަނގުރާމަ ހުއްޓާލުމަށް، ނަތަންޔާހޫ އަނެއްކާވެސް ހަރުކަށި ޝަރުތުތަކެއް ކުރިމަތިކޮށްފި

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި އެންޑީއޭ ގުޅިގެން މަސައްކަތްކުރަން އެއްބަސްވެއްޖެ

Djj

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގުޅިގެން މަސައްކަތް ކުރުމަށް މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޖުވެނައިލް ޖަސްޓިސްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޑީޖޭޖޭގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގެވެ. އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި އެ އެޖެންސީގެ ޗެއަރޕާސަން ލުބުނާ ޒާހިރެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވީ މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމަށް ދެ އިދާރާއިން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުން ކަމަށެވެ. އަދި މަސްތުވާތަކެއްޗަށް ހުށަހެޅޭ ކުޑަކުދިންނަށް ފަރުވާދީ ރިހެބިލިޓޭޓް ކުރުމަށް ދެ ފަރާތް ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ޑީޖޭޖޭއިން ޚިދުމަތް ހޯދާ ފަރާތްތަކަށް އެންޑީއޭގެ ސައިކޭޓްރީ ޚިދުމަތް ލިބޭނެ ކަމަށެވެ. މިއީ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި ދެ އިދާރާ ގުޅިގެން މަސައްކަތް ކުރުމުން އަވަސް އަދި ފެންވަރު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށްވެސް ލުބުނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ޑީޖޭޖޭއިން އެހީ ހޯދަމުން އަންނަ ކުޑަކުދިންނަށް ފަރުވާ ދިނުމުގައި ގިނަ ފަސޭހަތަކެއް ވެގެންދާނެކަމަށް ވެސް ލުބުނާ ވިދާޅުވިއެވެ. އަދި އެންޑީއޭގެ ފަރާތުން ޑީޖޭޖޭއިން ބޭނުންވާ ހުރިހާ ކަމެއް އެއްބަސްވުމެއްގެ ދަށުން ތަރުތީބުވެގެން ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Dhig

ދިއްގަރުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފަށައިފި

]

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ޓެގް އަޅުވާފައި ދޫކޮށްލަން ފަށައިފި

8yj

ހިޔާ ސަރަހައްދުގައި މާރާމާރީ ހިންގި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

Kah

ރާއްޖެއިން އީޔޫއަށް ކަނޑައެޅި ސަފީރު އުރުސުލާއަށް ފަތްކޮޅު އަރުވައިފި

TTH_Advertisement ELL Mobile Advertisement