ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައެޅުއްވި ސަފީރު ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އީޔޫ ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑެ ލަޔަންއަށް އަރުވައިފިއެވެ.

ސަފީރު ޤީލާ ޢަލީ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބްރަސަލްސްގައި ހުންނަ ޔޫރަޕިއަން ކޮމިޝަން އޮފީސް، ބާލެމޮންޓް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ފަތްކޮޅުއެރުވުމަށްފަހު، ސަފީރު ޤީލާ ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އުރްސުލާ ވޮން ޑެ ލަޔަންއަށް ހެޔޮއެދުންތައް އަރިސްކޮށްދެއްވާފައެވެ.

މިބައްދަލުވުމުގައި ރާއްޖެ އާއި އީޔޫއާއި ދެމެދު އޮންނަ ގާތް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ސަފީރު ޤީލާ ވަނީ އަރުވާފައެވެ. އަދި މިގުޅުން އިތުރަށް ވަރުގަދަކޮށް އީޔޫ ކޮމިޝަނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިިކަން ސަފީރު ވަނީ ފާޅުކުރައްވާފައެވެ.

މިބައްދަލުވުމުގައި އީޔޫ ކޮމިޝަންގެ ރައީސް ވަނީ ޤީލާއަށް މަރުހަބާ ވިދާޅުވެފައެވެ، އަދި ސަފީރު މިދައުރުގެ ތެރޭގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑެންމާކަށް ކަނޑައަޅާފައިވާ ސަފީރު ޤީލާ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

)

ލަގްޒަމްބާގަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފި