ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރައްޔިތުން ރަށު ބަންދުން ފިލުވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. ނަމަވެސް ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ވަރަށް ދެރަކޮށް ކުރެވިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރ. ފައިނުގައި އެއާޕޯޓެއް އެޅުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގައި މާ ގިނައިން އެއާޕޯޓްތައް އަޅާ ކަމަށް ބުނެ އިގްތިސާދީ ބައެއް މާހިރުން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.